
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެސްޓޯނިޔާގެ ހެލްތު މިނިސްޓަރާއެކު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އެސްޓޯނިޔާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ހެލްތު މިނިސްޓަރު، ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގައި އެސްޓޯނިޔާ އިން ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް، ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް ވަރުގަދަކުރުމަށް ކުރި މަސައްކަތްތަކުގެ މައުލޫމާތު، ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހަމައެހެންމެ، އެސްޓޯނިޔާގެ މަސައްކަތްތަކުން ފިލާވަޅު ލިބިގަނެ، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ސިއްހީ ހިދުމަށް ފޯރުކޮށްދިނުން އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ރައީސް އަދި އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސްގެ އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޚަލީލު އަދި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާންވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
އެސްޓޯނިޔާ އަކީ ޑިޖިޓަލް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވާއިރު، ރައީސް މިއަދު ވަނީ އެގައުމުގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
