
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫއްރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު، އެސްޓޯނިޔާގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ހާއްސަ މަޝްވަރާތަކެއް ކުރިއަށްގެންދަވައިފިއެވެ. މި ރައުންޑޭޓަބަލް މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް މިހާރު އެސްޓޯނިޔާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެސްޓޯނިޔާގެ ރައީސް އަލަރް ކަރިސް އަށް، ޑިޖިޓަލް ކަންކަމުގައި ލަފާ އަރުއްވާ ކައުންސިލާއެކު، ރައީސް މުއިއްޒު ވަނީ ވަރަށް ފުންކޮށް މަޝްވަރާކުރައްވާފައެވެ. އެގޮތުން، “ޑިޖިޓަލް މޯލްޑިވްސް” އަކަށް ރައީސް ކުރައްވާ ތަސައްވަރާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެއިތުރުންވެސް، ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ސޮލިއުޝަންތަކަކީ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހައިން ލިބޭ އަދި ދެމެހެއްޓެނިވި ކަންކަމަށް ހެދުމަށާއި، ރާއްޖޭގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ވިލުންތެރި ކަންކަމަށް ހެދުމަށް ވާހަކަ ދެއްކެވިފައިވާ ކަމަށެވެ. އެސްޓޯނިޔާ އަކީ ޑިޖިޓަލް ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމުކަމަށްވާއިރު، އެޤައުމުގެ ސަރުކާރުން ފޯރުކޮށްދޭ ގިނަ އާއްމު ޚިދުމަތްތަކަކީ ޑިޖިޓަލް މަންސަތަކުގެ ތެރެއިން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އެޤައުމުގެ “އީ-އެސްޓޯނިޔާ ބްރީފިންގ ސެންޓަރ” އަށްވެސް ވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
