
ރާއްޖެއަށް ޒިޔާރަތްކުރި އަޒަރުބައިޖާންގެ ވަފުދަށް ހާއްސަކޮށް ބައިލެޓްރަލް ކޮންސަލްޓޭޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސީ.އޯ.ޕީ.29 ގައި ބައިވެރިވެވަޑައިގަތުމަށް ބާކޫއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގެ ފޮލޯއަޕްގެ ގޮތުން ޒިޔާރަތްކުރެއްވި ވަފުދެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޒަރުބައިޖާނަށް ޒިޔާރަތްކުރައްވާ މަތީ ފަންތީގެ ވަފުދަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކި ދާއިރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދައްކާލުމުގެ މަގްސަދުގައި އިންފޮމޭޝަން ފޯރަމެއް ކާމިޔާބުކަމާއެކު ބާއްވާފައިވާ ކަމަށެވެ.

އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރުގެ ނައިބު އެލްނޫރު މަމަޑޯވް އިސްވެ ހުންނަވާ މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ އޮފިޝަލުންނާއި އަޒަރުބައިޖާންގެ މަޝްހޫރު ކުންފުނިތަކުގެ މަންދޫބުންނެވެ. މި ފޯރަމަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 އިން 16 އަށް ވަފުދުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ޕްރެޒެންޓޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސެކްޓަރ ސްޕެސިފިކް އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ދާއިރާއިންނެވެ.
މި ދަތުރުފުޅުގައި އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. މި ވަފްދުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
