
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު އެމްޑީޕީން ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ހޯދަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމަށް އެދުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި މިއަދު ބުނެފިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯހެވެ. އެ ގުޅުން އެހާ ބޮޑަށް ގޯސްވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު، އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ހިންގެވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމާއި ރިޔާސީ ކެމްޕެއިންގައި އިންޑިއާ ސިފައިން ބޭލުމަށް ވެވަޑައިގެންނެވި ވައުދުގެ ސަބަބުންނެވެ. އަދި ސަރުކާރުގެ ކުރީކޮޅު ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރުމަކީ ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ، ރަހްމަތްތެރިކަމުގެ ގުޅުމަށް ލޮޅުން އެރި ސަބަބެކެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައި ވަނީ އެމްޑީޕީގެ ބަޔަކާ އެކުގައި ވެރިކަން ބަދަލު ކުރުމުގެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކަަމަށެވެ. އެގޮތުން އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އޭޖެންޓަކު، އެމްޑީޕީގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރަމުން ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
“ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް” ނަމުގައި ތައްޔާރުކުރި ކަރުދާހެއްގައި އޮތީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް ޑރ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހުން ނަގައި ފާސް ކުރުމަށެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ވެސް ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެއެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރުން ކަށަވަރު ކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކާއި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް އެ ލިޔުމުގައި ހުށަހަޅާފައިވެއެވެ.
“އެކިއެކި ފަރާތްތަކަށް ފައިސާ ދިނުމަށް ރޭވީ، އަގަކަށް ކީ ހަ މިލިއަން ޑޮލަރު. ރާއްޖޭގެ ދެ އޮފިޝަލަކު ބުނާ ގޮތުގައި އެކަން ވާން އޮތީ އިންޑިއާ އިން،” ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒަށް އެކަން އެނގިވަޑައިގެންނެވި!
އެމްޑީޕީގެ ރޭވުން ނާކާމިޔާބުވީ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ 11 މެމްބަރަކު ޕީއެންސީއަށް ސޮއިކުރެއްވުމުން ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެއެވެ. އެ މެމްބަރުން ޕީއެންސީއަށް ގެންނެވީ މަގާމުން ދުރުކުރުމަށް ރާވަމުންދާ ރޭވުންތަކުގެ މައުލޫމާތުތައް ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން ވަރަށް އަވަހަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުން ކަމަށް އޭގައިވެއެވެ.
އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ވޮޝިންޓަންގައި ހުންނަ އިންޑިއާގެ އެމްބަސީގައި މަސައްކަތް ކުރާ ރޯގެ ސީނިއާ އޮފިސަރު އަދި ކުރީގެ ފުލުހެއް ކަމަށްވާ ޝިރިޝް ތޮރާޓް ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސްއެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާކޮށްފައެވެ. އެކަމަކު އެ މުއާމަލާތްތައް ހޯދި ގޮތެއް އަދި އެކަމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތް ކަމެއް އެމީހާ ހާމަކޮށްފައެއް ނުވެއެވެ.
ވޮޝިންޓަން ޕޯސްޓުން ބުނީ އިންޑިއާ އިން ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރީ އޭރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އޭރު ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ އިސްވެ ތިއްބަވައިގެން ކަމަށެވެ.
މި ރިޕޯޓުގައިވާ ގޮތުން ރައީސް ޑރ. މުއިއްޒު މަގާމުން ދުރު ކުރަން އެމްޑީޕީގެ ލީޑަޝިޕުން ބޭނުންވެއެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނޫނީ ސިފައިންގެ ތެރޭގައި ތިބި ރައީސް ޑރ. މުއިއްޒަށް ވަފާތެރި މީހުން އެކަން ހުއްޓުވަފާނެ ކަމުގެ ބިރު ލީޑަޝިޕަށް އޮތެވެ.
އެކަމަކު، ލީޑަޝިޕަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވެރިކަން ވައްޓާލަން ހޭދަކުރާނެ ފައިސާޢެއް ނެތުމެވެ. މަޖިލީހުގެ ގިނަ އެމްޑީޕީ މެންބަރުން ރައީސް ޑރ. މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތާއީދު ކުރި ނަމަވެސް، އެމީހުންވެސް ފައިސާއަށް ޑިމާންޑް ކުރި ކަމަށްވެއެވެ. ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އެމްޑީޕީގެ ލީޑަޝިޕަށް ގަބޫލު ކުރެވުނީ މިކަން ކުރަން އެންމެ ފަސޭހަ މަގަކީ އިންޑިއާ މެދުވެރިކޮށް ކަމެވެ.
“ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް” ކަރުދާހުގައި ބުނީ މަޖިލިސް އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން 45 ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް، އިންޑިއާ އިން އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ހޯދަން ހިމަނާފައި އޮތް ކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ފައިސާއެއް އެމްޑީޕީ އަށް ލިބިފައި ނުވުމަކީ މިކަން ފެއިލްވުމުގެ އެންމެ ބޮޑު މަގްސަދެެވެ. މި ބޮޑު ރޭވުމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވި ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރީކޮޅު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވި ނަމަވެސް މިހާރު އެ ގުޅުން މާ ބޮޑަށް ވެސް ވަރުގަދައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
