
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)އާއެކު ދުވަހަކުވެސް ރާއްޖެއަށް ނުލިބޭ ފަދަ ވިޔަފާރީގެ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާއާ އެކު ގާއިމުކުރާ އެފްޓީއޭ އާއި އެންމެ ފަހުން ސޮއިކުރި ފަހުމުނާމާއާ އެކުގައި ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭއިރު، ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
ރާއްޖެ އާއި ޗައިނާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރަން ފަށާތީ އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ތާރީހުގައި، ދުވަހަކުވެސް ރާއްޖެއަށް ނުލިބޭ ފަދަ ވިޔަފާރީގެ ކުރިއެރުންތަކެއް ދުނިޔޭގެ އެންމެ ބޮޑު މާކެޓް މެދުވެރިކޮށް ލިބޭނެ ފުރުސަތެއް ފަހިވެގެން ދާނެ ކަމަށެވެ.
މިކަމުގެ ސަބަބުން ޓްރެޑިޝަނަލް މާކެޓް ގެއްލޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.
އަދި މިއީ ވިޔަފާރިވެރިންނަށް ލިބޭ ޑިސްކައުންޓެއްކަން ފާހަގަކުރައްވަމުން ސައީދު މިސާލެއްގެ ގޮތުގައި ދެއްކެވީ 12 ކޮޓަރީގެ ގެސްހައުސްއެއް އެޅުމަށް ފަސް މިލިއަން ރުފިޔާ ހަރަދުވާ ވާހަކައެވެ. އެގޮތުން އެ ގެސްޓްހައުސްއަށް ބޭނުންވާ ކޮންސްޓަރްކްޝަން ވަރަށް ގިނަ ސާމާނުގެ ޑިއުޓީ %10 ނަގާއިރު، އެ ގެސްޓްހައުސްގެ ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރުގެ ބައެއް ސާމާނު %20-%25 ޑިއުޓީ އެއް ނަގާކަން ފާހަގަކުރެއްވިއެެވެ.
“މި ހުރިހާ އައިޓަމެއް އެއްކޮށްލީމަ ފަސް މިލިއަން ރުފިޔާ ހޭދަވާކަމަށް ވަންޏާ ޑިއުޓީ މި ދެންނެވި ހުރިހާ އެއްޗަކުން ކަނޑާލީމަ އާއްމު ފަރުދަކަށް ރާއްޖޭގެ ރަށެއްގައި ގެސްޓްހައުސްއެއް އަލަށް އަޅަން، ސަރުކާރުން އެ ފަރާތަކަށް މި ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަބަބުން، އަޅުގަަނޑު ގަބޫލު ކުރާގޮތުގައި އެ ދެވެނީ ގާތްގަނޑަކަށް ފަސް ލައްކަ އާއި ހަ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް،”. ސައީދު ވިދާޅުވިއެވެ. ގެސްޓް ހައުސް އަޅަނީ ހިންގޭނެ ވިޔަފާރިއަކަށްވާތީ ކަަމަށްވާއިރު، އެ ރަށެއްގައި މިފަދަ ހިދުމަތެއް ދޭން ފެށުމުން، ކުޑަކުޑަ އިގްތިސާދީ ކަންކަން ރަށު ތެރޭގައި އުފެދިގެން ދާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި އޭގެ ސަބަުން ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށާއި، އޭގެ ސަބަބުން ފިހާރަތަކުން މުދާ ގަންނައިރު، ދަތުރުފަތުރުގެ ހިދުމަތުވެސް ފުޅާވެގެން ދާ ކަމަށް ވިދާޅުވިއެވެ.
“އޭގެ ސަބަބުން ޖީއެސްޓީ ޓެކްސް އޮތޯރިޓީއަށް ލިބޭ، އެހެން ޓެކްސްތައް އެބަ ލިބޭ، އެހެންވީމަ ބޯޑަރުން ޑިއުޓީއެއް ގެއްލޭއިރުގައި، އާއްމު ވިޔަފާރިވެރިއެއްގެ ފުރުސަތު އިންޑައިރެކްޓްރީ މާބޮޑަށް ފުޅާވެގެންދޭ،”. އޭނާ ވިދާޅުވިއެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފްރީޓްރޭޑް ބައެއް ސަރަހައްދުތަކުގައި ދިވެހި ކުންފުނިތަކަށް، ޗައިނާގެ ކުންފުނިތަކަށް ލިބޭ ހުރިހާ ހުއްދައަކާއެކު ވިޔަފާރި ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަން ސައީދު ފާހަގަކުރެއްވިއެވެ. “މިއީ އިންޓާނަލް ޓްރެވެލް ޑިސްޓްރިބިއުޝަނާއެކު ލިބޭ ފުރުސަތު، މިއީ އެއްވެސް އެފްޓީއެއްގައި ޗައިނާއިން މީގެ ކުރިން ދީފައި އޮތް ބެނިފިޓެއް ނޫން،”. އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލިބޭ ފުރުސަތުތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، ރާއްޖޭގައި ބޭނިއްޔާ ބާނާ މަހެއް އަދި ހިފެންޏާ ހިފޭ ސީފުޑެއް އެއްވެސް ޑިއުޓީއަކާއި ނުލާ ޗައިނާއަށް އިމްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަަމަށެވެ.
“މުޅި ޗައިނާގަައި ގާތްގަނޑަކަށް 3،000 އަށްވުރެ ގިނަ ޓެރިފް އައިޓަމް އަޅުގަނޑުމެން ރީސާޗް ކުރިން، ކުރިއިރުގައި 300 ސީފުޓް ވެރައިޓީސް ގާތްގަނޑަކަށް އެބަ ހުރި، އަޅުގަނޑުމެންނަށް ބެލުނު ލިސްޓުތަކުގައި، އޭގެ ތެރެއިން 296 އައިޓަމް އެ ލިބެނީ އަޅުގަނޑުމެންނަށް ޑިއުޓީ ފްރީކޮށް، ވެލާ، ކަހަނބު، މިޔަރު މިފަދަ އެއްޗެހި ފިޔަވާ،”، އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ހުއިފިލަނޑާ، ލޮނުމަސް އަޅައިގެން ވިޔަސް މްރިކަލްޗާއިން ބްރީޑްކޮށްގެން އިމްޕޯޓް ކުރަންވިޔަސް، ހުރިހާ ބާވަތެއް ކަނޑުމަހުގެ ބާވަތްތަކާއި، ރާއްޖޭގައި ނެތް ސީފުޑްގެ ބާވަތްތައް، ޑަބްލިވްޓީއޯގެ މިންގަނޑުތަކުގެ ތެރެއިން ގަބޫލު ކުރާ ރީޖަނަލް ކޮންޓެންޓް ވެލިއު އެޗީވްކޮށްގެން ޗައިނާގައި 0% ގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެން ދާނެ ކަމަށް ސައީދު ވިދާޅުވެފައި ވެއެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 18، 2014 ގައެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގައެވެ. އޭރުގައި އިދިކޮޅުގައި ތިބި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި އެއްބަސްވުން ފާސްކުރީ އަވަސް އަރުވާލައިގެންނެވެ.
އޭގެ ފަހުން ސަރުކާރުން ބަދަލުވެ، އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ، ކުރީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެއެވެ.
ނަމަވެސް މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކުގައި ބޭއްވެވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އެއްބާރުލުން އިތުރަށް ފުޅާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރުމާ މެދުގައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
