
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ް އަމަލުކުރަން ފަށައިފިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލް ކުރަން ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށާއި ދެ ގައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އާ ބާބެއް ފެށުނު އިރު، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ، ކުޑަ ބޮޑުމިނަކަށް ބެލުމެއްނެތި، ތަރައްޤީގެ އޮރިއެންޓޭޝަނަށް ބެލުމެއްނެތި، ސުލްޙަވެރި އެއްބައިވަންތަކަމުގެ ރޫޙުގައި، ރަނގަޅު ނަތީޖާ ތައް ނެރުމަށް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާ އިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ އެވެ. އޭގެ ތެރޭގައި ދިވެހިން ދަތުރުފަތުރު ކުރުމުގައި ލިބިގެންދާ ލުއިތަކާއި ހިދުމަތް ހޯދުމުގައި ދިވެހި ފައިސާ އިން ދެއްކޭނެ ގޮތް މެދުވެރިވުމާއި މުދާ ގަތުމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ، ވިޔަފާރިވެރިންނާއި ޗުއްޓީ ހޭދަކުރުމަށް ޗައިނާ އަށް ދާ ދިވެހިން ޑޮލަރުން މުއާމަލާތް ކުރުމުގެ ބަދަލުގައި ދިވެހި ރުފިޔާ އިން މުއާމަލާތް ކުރުމަށް މަގުފަހިވެގެންދިއުން ހިމެނެއެވެ.
ހަމައެއާއެކު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަންވެސް ނުޖެހޭނެއެވެ. ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ޓެރިފް ލައިން ސުމަކަށް ދިއުމުން ޗައިނާ އިން ރާއްޖެ އަށް އެތެރެ ކުރާ ތަކެތީގެ އަގުތައް ވެސް ހެޔޮވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
