
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ތަހުގީގުކުރަމުންދާ ކޮރަޕްޝަންގެ މައްސަލަތަކުގެ ހޯދުންތައް ވީހާވެސް އަވަހަށް ހާމަކޮށް، މައްސަލަ ސާބިތުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ގޮވާލައިފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަސްކުރުމަށް ގޮވާލާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެއިން ކޮރަޕްޝަންގެ ޢަމަލުތައް ނައްތާލައި، މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ޢަމަލުތައް ބަލާނެކަމުގެ އުންމީދުގައިކަމަށެވެ. ޤައުމީ ފެންވަރެއްގައި މިސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ފަށާފައިވާކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން ބުނީ، މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރަމުންދާ ކޮރަޕްޝަނާގުޅޭ އެކި ތަޙުޤީޤުތަކުގައި ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. މި ތަޙުޤީޤުތަކުގައި ކޮރަޕްޝަންގެ ގިނަ ޢަމަލުތަކެއް، ކުރީ ސަރުކާރުގެ ވެރިން ހިންގާފައިވާކަމަށް ބޮޑެތި ތުހުމަތުތަކެއްކުރެވޭކަން ޕީއެންސީން ފާހަގަކުރިއެވެ. ޕީއެންސީން ބުނީ މިހާރު ތަޙުޤީޤީ އިދާރާތަކުން ކުރަމުންދާ ތަޙުޤީޤުތަކުގައި ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ކޮރަޕްޝަން ހިންގާފައިވާކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތައް ދައްކާތީ އެޕާޓީން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް އިދިކޮޅު ފަރާތްތަކުންކުރަމުންދާކަމެއްގެ ގޮތުގައި ޕީއެންސީން ސިފަކުރިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ޕާޓީ ތަމްސީލްކުރެއްވި ބައެއް މަޖިލިސް މެންބަރުން 2023 ވަނަ އަހަރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ބެލުމަށް އެޕާޓީން ކުރިން ގޮވާލިކަން ޕީއެންސީން ފާހަގަކުރިިއެވެ. އަދި ފެނުނީ ތަޙުޤީޤީ އިދާރާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ އެ ގޮވާލުންތަކާ އެއްގޮތަށް ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ޢަމަލުތައް ނުބެލުނު މަންޒަރުކަމަށްވެސް ބަޔާނުގައިވެއެވެ. ޕީއެންސީން ވަނީ ކޮރަޕްޝަނާ ގުޅިގެން މިހާރު ހިންގަމުންދާ ތަޙުޤީޤުތައް އަވަސްކުރުމަށްވެސް ގޮވާލާފައެވެ. އަދި ތަޙުޤީޤުގެ ހޯދުންތައް ލަސްކުރުމެއްނެތި ރައްޔިތުންނަށް ހާމަކުރުމަށްވެސް ވަނީ ގޮވާލާފައެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އަޅައި އިންސާފު ޤާއިމްކުރުމަށްވެސް ޕީއެންސީން ގޮވާލިއެވެ.
ޕީއެންސީގެ ބަޔާނުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސާބިތުކޮށްދެއްވަމުން ގެންދަވަނީ މިސަރުކާރުން އެއްވެސް ސިޔާސީ ނުފޫޒަކަށް ޖާގަނުދީ ކޮރަޕްޝަންގެ އަމަލުތައް ބަލާނެކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށާއި ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ ހާމަކަމާއި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ސިޔާސީ ޕާޓީއެއްގެ ޙައިސިއްޔަތުން ފުރިހަމަ އެއްބާރުލުންދޭނެކަމަށް ޕީއެންސީން ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީގެ އިތުރުން ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނުގެ އިސްވެރިން ޚިޔާނާތްތެރިވުމުގެ މައްސަލަތަކެއް މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
