
ދެކުނު ކޮރެއާގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ވަގުތީ ރައީސް ޗޮއި ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ހައިރާންކަމާއި ފުން ހިތާމައާއެކުގައިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ. އެ މަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ދެކުނު ކޮރެއާގެ ޖޭޖޫ އެއަރގެ މަތިންދާބޯޓެއް، ޖެއްސުމުގެ ތެރެއިން އަލިފާން ރޯވެ ހިނގި ހާދިސާގައި، 179 މީހުން ވަނީ މަރުވެފައެވެ. ސަލާމަތްވީ ދެ ފަޅުވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ، ލޭންޑިންގ ގިޔަރ ނުވަތަ އެއްގަމުގައި ދަތުރުކުރުމަށް ބޭނުންކުރާ ފުރޮޅުތަކާ ނުލައި، ރަންވޭގައި މަތިންދާބޯޓު ޖައްސަން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. ނަމަވެސް، ރަންވޭއިން ބޭރަށް ކަހާލައި މަތިންދާބޯޓު ޖެހިފައި ވަނީ ވައިގެ ބަނދަރުގައި ހުރި އިމާރާތެއްގެ ފާރުގައެވެ.
މިއީ، ދެކުނު ކޮރެޔާގެ ތާރީހުގައިވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. އަދި، ފާއިތުވި ތިން ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ އެއަރލައިނަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
