
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އެއް އަތޮޅަކީ ނ އަތޮޅެވެ. މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ނ އަތޮޅުގައި ހިންގަމުންދާއިރު، އިތުރު ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އަދި ގެސްޓުހައުސް ވިޔަފާރިވެސް ނ އަތޮޅުގައި ދަނީ ފުޅާވަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ގެނައުމަށް ނ އަތޮޅުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އެދުމަކީ ބައިނަލްއަޤުވާމީ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓަށް ފެށިގެން ދިޔުމެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ، މުޅި ނ. އަތޮޅުގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢެކެވެ. އެގޮތުން ބައިނަލްއަޤުވާމީ ޝެޑިއުލްޑް ފްލައިޓުތައް ފެށިގެންދިޔުމަކީ އަތޮޅުގެ ކުދިބޮޑު އެންމެންވެސް ދެކެން ބޭނުންވާ ދުވަހެކެވެ. އަތޮޅުގައި 8 ރިސޯޓާއި 12 ގެސްޓްހައުސް މިވަގުތު އޮޕަރޭޓްކުރަމުން އަންނައިރު އިތުރު ގެސްޓްހައުސްތައް ތަރައްޤީކުރުމުގެ މަސައްކަތް ނ.އަތޮޅުގެ އެކި ރަށްރަށުގައި ކުރިއަށް އެބަދެއެވެ.
ހަމައެއާއެކު ކައިރީގައި އޮތް ރ. އަތޮޅުގައިވެސް 17 ރިސޯޓު އޮޕަރޭޓްކުރަމުންދާއިރު މިއީ މުޅި ސަރަޙައްދުގެ ކުރިއެރުމާވެސް ގުޅިފައިވާކަމެކެވެ. އެހެންކަމުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް، ބައިނަލްއަޤުވާމީ ދަތުރުތައް ފެށިގެންދިއުމަކީ އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެކަމެއްކަމަށް ނ އަތޮޅުގެ ރައްޔިތުން ޤަބޫލުކުރެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް އިސްމާޢިލް ޝިފާޒް ވިދާޅުވީ، މާފަރު އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަށް، މުޅި ނ އަތޮޅުގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަންވެސް ލިބިފައިވާކަމަށެވެ. އަދި މިމަޝްރޫޢާއެކު މާފަރާއި، އަތޮޅުގެ އެހެން ރަށްރަށުގައި ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“އެއަރޕޯޓު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިގެންދިޔައިމަވެސް ވަރަށް ގިނަ ފައިދާތައް މިރަށުގެ ރައްޔިތުންނަށްކުރި، އެތައް ވަޒީފާއެއް އުފެދިގެންދިޔަ. އެދުވަހުވެސް އަޅުގަނޑުމެން އެންމެ ބޮޑަށް އިންތިޒާރު ކުރީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް. މިއަދު ދެވަނަ ފިޔަވަހި ތަރައްޤީވެގެންދާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ކައުންސިލް ރައީސް ވިދާޅުވިއެވެ.
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭ 2800 މީޓަރަށް ބޮޑުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް މާފަރުގެ އިޤްތިޞާދީ ސަރަޙައްދުން ބިން ބޭނުންކޮށްފައިވާތީ، އެރަށުގެ އިޤްތިޞާދީ ބޭނުންތަކަށް ޚާއްސަކޮށްގެން 20 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. ހަމައެއާއެކު އެސަރަޙައްދު ޙިމާޔަތްކުރުމަށް 5695 މީޓަރުގެ ރިވެޓްމަންޓު މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. މިމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ، ޖެޓް ޕާކިންގއަށް ބޭނުންވާ އިތުރު 2 އޭޕްރަންގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތްދަނީ ކުރަމުންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ދެވަނަ ފިޔަވަހީގެ ދަށުން މިމަޝްރޫޢަށް އަބޫދާބީ ފަންޑުން ޖުމްލަ 27.1 މިލިއަން ޑޮލަރު ފަންޑުކުރާނެއެވެ. އަދި ދިވެހި ސަރުކާރުން މިމަޝްރޫޢަށް 25.1 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
