
(ފޮޓޯ ކްރެޑިޓްސް: މާޔާ މޯލްޑިވްސް)
މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށިފައިވާ އިރު ދެ ކްރޫޒް ލައިނާ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ އައިސްފިއެވެ. މިގޮތުން ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ ‘އެމްއެސް ނޯވެޖިއަން ސްކައި’ އަދި މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ‘އެމްއެސް ރިވިއޭރާ’ މާލޭގައި ވަނީ ބަނދަރުކޮށްފަ އެވެ.
މީގެ ތެރެއިްން އެމްއެސް ނޮވެޖިއަން ސީޝެލްސްގައި ބަނދަރު ކުރުމަށްފަހު ރާއްޖެ އައިސްފައިވާ އިރު އެ ކްރޫޒް ލައިނާރ އިން 1،872 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓު މިރޭ މާލެއިން ފުރާއިރު މިއީ މި ސީޒަނުގައި ރާއްޖެ އައި ދެވަނަ ކްރޫޒް ލައިނާ އެވެ. ޖުމްލަ 2004 މީހުންގެ ޖާގައިގެ އެމްއެސް ރިވިއޭރާ އިންވެސް އެތައް ސަތޭކަ ފަތުރުވެރިންނެއް މާލެ ފައިބާފައިވާ އިރު މި ކްރޫޒް ލައިނާ މާލެއިން ފުރަން ތާވަލުކޮށްފައިވަނީ މާދަމާ އެވެ.
އެމްއެސް ރިވިއޭލާ ވެސް ރާއްޖެ އައިސްފައިވަނީ ސީޝެލްސްގައި ބަނދަރުކުރުމަށް ފަހު އެވެ. މި އަހަރުގެ މި ސީޒަންގައި ދެ ކްރޫޒް ލައިނާއަކުން އެތައް ސަތޭކަ ފަތުރުވެރިންނެއް ރާއްޖެ އައިސްފައިވާ އިރު ރާއްޖޭގެ މި އަހަރުގެ ލަނޑުދނޑި ކަމަށް ވާ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނަމުގެ ލަނޑުދަނޑި ވަނީ މިދިޔަ ހަފްތާގައި ހާސިލުކޮށްފައެވެ.
ކްރޫޒް ލައިނާ ތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ އައިސްފައި ވާއިރު، މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އައި ޖެޓުތަކުގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %8 އިތުރުވެފައިވާކަން ފާހަނގަ ކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
