
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ޑިޖިޓަލް ކެމްޕޭންތަކެއް ހިންގުމަށް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ ޑިޖިޓަލް ކެމްޕޭންތަކުގެ ސަބަބުން ޚަރަދުތައް ވެސް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން ކޮންމެ އަހަރަކު ވެސް ވަސީލަތްތަކުގެ 80 ޕަސެންޓް ބޭނުންކުރެވެނީ ޓްރެވެލް ޓްރޭޑް ފެއާތަކަށް ކަމަށާއި، އަންނަ އަހަރު ބޮޑަށް އިސްކަންދޭނީ ޑިޖިޓަލީ ޑްރިވެން ކެމްޕޭންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
“އެމްއެމްޕީއާރްސީން ދާދި ފަހުން ހިންގި އޮންލައިން މިނީ”މީގެ ކުރިން އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ، ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންގެ ވަސީލަތްތަކުގެ 80 ޕަސަންޓް މި ބޭނުން ކުރެވޭނީ ޓްރެވެލް ޓްރޭޑް ފެއާތަކަށް. މިއަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް އިސްކަން މި ދެ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަކަށް،” އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
ކެމްޕޭނެއްގެ ތެރެއިން އެއް މަސްދުވަހުގެ ތެރޭގައި 22 މިލިއަން އިމްޕްރެޝަން ލިބިފައިވާ ކަމަށް ވެސް ގިޔާސް ފާހަގަކުރެއްވިއެވެ. މި ކާމިޔާބީއަށް ބިނާކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ބުކިން ޕްލެޓްފޯމްތަކާ ގުޅިގެން މާކެޓިން ކެމްޕޭންތައް އަންނަ އަހަރު ވަރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސް، ބީ ޓު ސީ ނެޓްވޯކިން އިވެންޓްސް އިންޓަނޭޝަނަލް އެއާލައިންތަކާއި ބްރޭންޑްސްތަކާއި ކޮލާބޮރޭޓްވެގެން.” އަބްދުﷲ ގިޔާސް ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާގެ އަންނަ އަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އަންނަ ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުކޮށް، އާމްދަނީ ފަސް ބިލިއަން ޑޮލަރަށް އެރުވުމެވެ. މި އަމާޒުތަކަށް ވާސިލުވުމަށް އަންނަ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ހިފި އަމާޒު މި މަހުގެ 26 ގައި ވަނީ ހާސިލުވެފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
