
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ކްރިސްމަސް އަދި އާ އަހަރާ ދިމާކޮށް މި އަހަރު ރާއްޖެއަށް އައިސްފައިވާ މަހުޖަނުންގެ ޖެޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން މިއަދު ހާމަކޮށްފިއެވެ. އެމްއޭސީއެލްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުގެ އިއްޔެގެ ނިޔަލަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވެއެވެ. މިއީ 8 ޕަސެންޓުގެ އިތުރުވުމެކެވެ.
މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ. މިއީ 10 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ވީއައިއޭއަށް ޖެއްސި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދުވެސްް ވަނީ 148 އިން 157 އަށް އިތުރުވެފައެވެ.
މި ދުވަސްވަރަށް ޚާއްޞަކޮށް، ވެލާނާ އެއާޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓުތައް ޕާކުކުރެވޭނެ ޖާގަތައް ހަދާފައިވެއެވެ. އެއާޕޯޓުގެ އުތުރާއި އިރުމައްޗާއި އަދި ދެކުނު ފަރާތުގައި ހަދާފައިވާ ޖެޓު ޕާކިން ސަރަހައްދުތަކުގައި ޖުމްލަ 68 ޖާގަ އޮވެއެވެ. މިހާރު ވެސް 30 އަށް ވުރެ ގިނަ ޖެޓު އެ އެއާޕޯޓުގައި ޕާކުކޮށްފައި އެބަހުއްޓެވެ.
ފަސިންޖަރުންގެ އަދަދަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފަސިންޖަރުންގެ އަދަދު ވެސް 9 ޕަސެންޓަށް އިތުރުވެފައިވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަސިންޖަރުން އައިސްފައިވާއިރު، މި އަހަރުގެ އިއްޔެގެ ނިޔަލަށް އެ އަދަދު އުޅެނީ 2.4 މިލިއަންގައެވެ.
އާ އަހަރާ ދިމާކޮށް އެއާޕޯޓަށް ބާރު ބޮޑުވެފައިވާތީ، މުވައްޒަފުން ވެސް އިތުރު ގަޑީގައި ނެރެގެން ފަސިންޖަރުންނަށް ޚިދުމަތް ދެމުންދާ ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ. ސްކޫލް ބަންދާއި އާ އަހަރުގެ ބަންދާ ދިމާކޮށް މި ދުވަސްވަރު އެއާޕޯޓަށް ވަރަށް ބާރުބޮޑުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
