
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރޒް)
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވިއިރު، އުމުރަކީ 100 އަަހަރެވެ. ޖިމީ އަކީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި އެންމެ ގިނަދުވަސް ވަންދެން ހުންނެވި ބޭފުޅާއެވެ. އެމަނިކުފާނަށް 100 އަހަރު ފުރިގެން އެކަން ފާހަގަކުރައްވާފައި ވަނީ މިދިޔަ އަޮކްޓޯބަރު މަސް ތެރޭގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކާޓާ ސެންޓަރުން ބުނީ ޖިމީ އަވަހާރަވީ ޖޯޖިއާގެ ޕްލޭންސްގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ޖިމީ ވެގެން ގޮސްފައި ވަނީ އިގްތިސްދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށްވާ 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ނޯބަލް ޕީސް ޕްރައިޒްވެސް ލިބިވަޑައިގަންނަވާފައިވާ ޖިމީ ވަނީ އެމެރިކާގެ ރައީސް ކަމަަށް ވަޑައިގަތުމުގެ ކުރިން އެމެރިކާގެ ޖޯޖިއާގެ ގަވަރުނަރުކަމާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ ލެފްޓިނެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ދަނޑުވެރިއެއްގެ ގޮތުގައި ވެސް މަސައްްކަތް ކުރައްވާފައިވާ ޖިމީގެ ހަތަރު ދަރިންނާއި، އެމަނިކުފާނަށް ކާފަ ކިޔާ 11 ދަރިންނާއި، މުނި ކާފަ ކިޔާ 14 ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެމަނިކުފާޏުގެ އަނބިކަނބަލުން ރޮޒަލިން އަވަހާރަވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއިރު މި ދެބޭފުޅުންގެ ކައިވެންޏަށް ވަނީ 77 އަހަރުވެފައެވެ.
2018 ވަނަ އަހަރާއި ޖޯޖް އެޗްޑަބްލިއު ބުޝް އަވަހާރަވި ފަހުން ޖިމީއަކީ އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ރައީސެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރަސްމީ ޖަނާޒާއެއް ވޮޝިންޓަން ޑީސީގައި އޮންނާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
