
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް އަންނަ ޖެނުއަރީ މަހު 6 ވަނަ ދުވަހު ގެނެސް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ރާއްޖެއަށް މީގެ ކުރިން މިފަދަ މަތިންދާބޯޓެއް ގެނެސްފައި ވަނީ ރައީސް މައުމޫނުގެ ދައުރުގައި އެއާ މޯލްޑިވްސްއިންނެވެ. ނަމަވެސް އެ އެއާލައިން ވަނީ ބަނގުރޫޓުވެ 2000 ވަނަ އަހަރުގައި އޮޕަރޭޝަންތައް ހުއްޓާލާފައެވެ.
މޯލްޑިވިއަންގެ މި މަތިންދާބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި މޯލްޑިވިއަންގެ ޓެކްނިކަލް ޓީމެއް މިވަގުތު ސިންގަޕޫރުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ވައިޑް ބޮޑީ އެއާކްރާފްޓުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ މަތިންދާބޯޓު އަންނަ މަހު ގެންނަން ހަމަޖެހިފައިވާއިރު މި ބޯޓަކީ A-330 މަރުކައިގެ މަތިންދާބޯޓެކެވެ. މިއީ 264 މީހުން އުފުލޭ ބޯޓަކަށް ވާއިރު އަހަރެއްގެ ތެރޭގައި 60,000 ފަސިންޖަރުން މި ބޯޓުގައި އުފުލޭނެ ކަމަށް މޯލްޑިވިއަނުން އަންދާޒާކުރެއެވެ.
މޯލްޑިވިއަން އިން ފާހަގަކުރި ގޮތުގައި، މި ބޯޓަކީ ދަތުރުތަކުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު މަތިންދާބޯޓެއްކަން އެ ޓީމަށް ކަށަވަރުވުމުން، އެ ބޯޓު ޚިދުމަތަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މޯލްޑިވިއަން އިން ބުނީ ވައިޑްބޮޑީ މަތިންދާބޯޓު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެކަން ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް އިންތިޒާމުކުރާނެކަމަށެވެ.
މީގެ އިތުރުން، ވައިޑްބޮޑީ މަތިންދާބޯޓުގެ ޚިދުމަތް އަންނަ އަންނަ މަހު ފެށުމަށްފަހު، އިތުރު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މޯލްޑިވިއަން އިން މީގެކުރިން ވެސް ބުނެފައިވެއެވެ. މި މަސައްކަތަކީ ޤައުމީ އެއާލައިންގެ ތަރައްޤީއަށާއި، ދިވެހި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
“މިއީ ހަމައެކަނި އައު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތެއް ނޫން. މިއީ އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ މުހިންމު މަސައްކަތެއް. މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުތަކަށް އައު ތަޖުރިބާތަކެއް ލިބި، އެމީހުންގެ ފަންނީ ޤާބިލުކަން އިތުރަށް ރަނގަޅުވެގެންދާނެ.” މޯލްޑިވިއަން އިން ބުންޏެވެ.
ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމުން، ދުރު މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރުމުގެ ފުރުޞަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، މި ބޯޓުގެ ސަބަބުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހި ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މި މަސައްކަތަކީ ހަމައެކަނި މޯލްޑިވިއަންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ އިޤްތިޞާދަށާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަަށް މޯލްޑިވިއަން އިން ފާހަގަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
