
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ތަހުގީގު ކުރަމުންދާ “ގެދޮރުވެރިޔާ” އަދި “ބިންވެރިޔާ” ސްކީމާ ގުޅޭ މައްސަލައިގައި މައުލޫމާތު އެއްކުރުމަށް ގާއިމްކޮށްފައިވާ ޕޯޓަލްއަށް މިހާތަނަށް ޖުމްލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް 16 ފަރާތަކުން މައުލޫމާތު ހިއްސާކޮށްފައިވާއިރު، މީގެ ތެރެއިން 4 ފަރާތަކުން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ.
“ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލް 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 4 ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވަނީ ހިއްސާކޮށްފައި.” ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ. މައުލޫމާތު ހުށަހެޅުމަށް https://evidence.police.gov.mv ބޭނުން ކުރެވިދާނެއެވެ.
މަޢުލޫމާތާއި ހެކި ހިއްސާކުރާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅިދާނެ ކަމަށާއި، ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތެއްގައި ގުޅޭނެ މަޢުލޫމާތާއެކު ވެސް ހިއްސާކުރެވިދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުންގެ ފަރާތުން ވަނީ ދީފައެވެ.
”މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.” ފުލުހުން ވިދާޅުވިއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަކީ ކުރީ ސަރުކާރުން ތައާރަފުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. ނަމަވެސް މި ސްކީމާ ގުޅިގެން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި، މިހާރު ވަނީ ފުލުހުންގެ ތަހުގީގެއް ފަށާފައެވެ. މި މައްސަލައިގައި އިތުރު މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، އާންމު ރައްޔިތުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
