“ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ރ. އަތޮޅުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފިއެވެ.
މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވިދާޅުވީ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރ. އަތޮޅުގެ 7 ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންގޮސް، މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރ. ފައިނުގެ 60 ގޭބިސީ، ކިނޮޅަސްގެ 74 ގޭބިސީ، ހުޅުދުއްފާރުގެ 173 ގޭބިސީގެ އިތުރުނެ މީދޫގެ 254 ގޭބިސީއާއި އިނގުރައިދޫގެ 225 ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ ޕްރޮގްރާމުގެ ތެރެއިން ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެވި، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް، ރ އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ސަރުކާރުގެ އިދާރާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ވުޒާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެގޮތަށް ވިދާޅުވީ...
މިފްކޯއިން 37 ދޯންޏަކަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) މިފްކޯއިން 37 ދޯންޏެއްގެ މަސްވެރިންނަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ވިދާޅުވީ، އެ ފައިސާއަކީ 16 އޭޕްރީލް ވަނަ...
ވަކި މީހުން ސުވަރުގެއަށް ނުވަތަ ނަރަކައަށް ދާނެކަމަށް ބުނުން!
އަހްލުއްސުންނާ ވަލްޖަމާޢާގެ އަސާސީ އުސޫލަކީ، ސުވަރުގެއަށް ނުވަތަ ނަރަކައަށް ދާނީ ކޮން ބައެއްކަމުގެ މައްސަލައަކީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޢަޤީދާގެ މައްސަލައެއްކަމެވެ....
މަސްޖިދުއް ނަބަވީގެ އިމާމު ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން ސަޢުދީ ޢަރަބިއްޔާގެ...
ވަޒީރު ސަޢީދުގެ ރައްދު: ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި ކުރަނީ ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް) ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި، ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަކުރަމުންދާކަމަށް ވިދާޅުވެ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްދު...
ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް...