
ޑިސެމްބަރު 26، 2024 ގައި އަވަހާރަވި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުވި ތައުޒިޔާ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސޮއިކުރައްވައިފިއެވެ.
ޑރ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ ޑޮކްޓަރ މަންމޯހަން ސިންޙަކީ ވަރަށް މޮޅު ސިޔާސީ ބޭފުޅެއްކަމަށާއި، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑޮކްޓަރ ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ހަނދާންތައް އާކުރެއްވިއެވެ. ޑރ. ސިންގްގެ ލީޑަރޝިޕްގެ ދަށުން “ލުކް އީސްޓް ޕޮލިސީ” ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ތަރައްޤީއާއި އެއްބާރުލުން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.
މި މެސެޖުގައި، މި ދަނޑިވަޅުގައި، ޑޮކްޓަރ ސިންގްގެ ޢާއިލާއަށާއި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފޮނުއްވާފައިވެއެވެ. ސިއްހީ ހާލުކޮޅު ގޯސްވެގެން 26 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ރޭ އެއިމްސް ދިއްލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެއްވިއިރު، އެ ހޮސްޕިޓަލުން ވަނީ އެމަނިކުފާނު އަވަރާވީ އުމުރުން ދުވަސްވުމުން ދިމާވި ސިއްހީ ހާލަތްތަކާ ގުޅިގެން ކަމަށް ބުނެފައެވެ.
ވަރުގަދަ އިގްތިސާދީ މާހިރެއްގެ ގޮތުގައި މަޝްހޫރުވި މަންމޯހަން ސިންގްއަކީ އިންޑިއާގެ އިގްތިސާދީ އިސްލާހުތަކުގެ “ބައްޕަ”އެވެ. ސިންގް 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވިއެވެ. އަދި 1990 ގެ އަހަރުތަކުގެ ކުރީކޮޅު ފިނޭންސް މިނިސްޓަރުކަން ކުރެއްވިރު، އެ ދުވަސްވަރު އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ލުއިކަމާއި ގްލޯބަލައިޒޭޝަންގެ މަގަށް އިންޑިއާ ދަތުރުކުރިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
