
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވާތީ ގޭގައި ބޮންޑެޑް ވެއާހައުސް ދެން ނުހިންގޭ ގޮތަށް ހަދައިފިއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން “އެކްސް”ގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ބޮންޑެޑް ވެއާހައުސް މާލޭގެ އެކި ގެތަކުގައި ހިންގަމުން އައިސްފައިވާ ކަމަށެވެ. މި ތަންތަނުގައި ދެ ތަޅު ހަރުކޮށް އެއް ތަޅުގެ ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްގެ ފަރާތުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން އެގޮތަށް ވާހަކަ ދެއްކެވީ ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި މުދާތަކެއް ގެއްލުނު ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ. އިހުސާން ވިދާޅުވީ ބޮންޑެޑް ވެއާހައުސްއަކީ މިގޮތަށް ގެއެއްގައި ހަދާފައި ހުރި ތަނެއް ކަމަށެވެ. ކަސްޓަމްސް އިން ބެލި ބެލުމުން އެކަން ޔަގީން ވެފައިވާތީ ވެއާހައުސްގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަަރަހައްދުގައި އެކަނި ކަމަށް ނިންމައި އެކަން ތަންފީޒު ކުރަން ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި މިކަން ހިނގިގޮތް ބަލާ ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
