
ގެދޮރުވެރިކަމާއި ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ހާއްސަ ފޯނު ނަމްބަރުތަކެއް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ތައާރަފްކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ މީގެ ފަހުން ގެދޮރުވެރިކަމާއި ބެހޭ މަޝްރޫޢުތައް ކުރިއަށްގެންދާނީ، އެ ވުޒާރާގެ ދަށުން ކަމަށެވެ. ގެދޮރުވެރިކަމާބެހޭ މަސައްކަތްތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ.
އެގޮތުން ގެދޮރުވެރިކަމާބެހޭ އެއްވެސް މަސައްކަތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭނަމަ، އެވުޒާރާގެ ރަސްމީ ނަންބަރުތައް ކަމުގައިވާ، 4004900 އަދި 4004901 ނަމްބަރު މެދުވެރިކޮށް ހޯއްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ގެދޮރުވެރިކަމާބެހޭ މަސައްކަތްތައް އިމާރާތްކުރުމާބެހޭ ވުޒާރާގެ ދަށަށް ބަދަލުވީނަމަވެސް، އެ މަސައްކަތްތައް އަދި ހިދުމަތަކަށް ބަދަލު ނާންނާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ދާދި ފަހުން ވަނީ ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
