
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (ވަޑި މޫކޭ) ދިރިއުޅުއްވާގެއަށް ފުލުހުންވަދެ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފިއެވެ.
މިކަން ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އާރުޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް މޫކޭ ދިރިއުޅުއްވާ ތަނުން އިލެކްޓްރޯނިކްސް އައިޓަމްތަކެއް ގެންގޮސްފައިވށާނޭ ކަމަށެވެ. މޫކޭގެ އިތުރުން ފުލުހުން ވަނީ އާރުޑީސީގެ ސީއެފްއޯ ޔާސިރުއާ ގުޅުންހުރި ދެ ތަނެއްވެސް ބަލައި އިލެކްޓްރޯނިކް އައިޓަމްތަކެއް ގެންގޮސްފައެވެ. ނަމަވެސް ގެންދިޔައީ ކޮންކޮން އެއްޗިއްސެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މޫކޭ ދިރިއުޅުއްވާގެއިން ފުލުހުން އިލެކްޓްރޯނިކް އައިޓަމްތަކެއް ގެންގޮސްފައިވާއިރު، ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އޭނާ ވަނީ ސަރުކާރަށާއި ތަހުގީގީ އިދާރާތަކަށް އަމާޒުކޮށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. މިގޮތުން ރޭގެ ޖަލްސާގައި މޫކޭ ވަނީ އެފަރާތްތަކުން މަސައްކަތް ކުރައްވަނީ ރައީސް އަންގަވާގޮތެއްގެ މަތިން ސީދާ ސިޔާސީ ބޭނުންތަކަށް ފަހިވާގޮތަށް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމުގެ ނިޔަތުގައިކަމަށް މޫކޭ ވަނީ ސިފަކުރައްވާފައެވެ.
ފުލުހުން އަންނަނީ އާރުޑީސީ ހިޔާނާތާގުޅޭ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އެގޮތުން ފުލުހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އާރުޑީސީ އޮފީހަށްވަދެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ. އާރުޑީސީ ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކުންފުނީގެ ފައިސާ، މުއައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ވަދެފައިވާކަމަށާއި، މިގޮތުން އެ މުއައްޒަފުންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާގެ އަދަދު 11 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
