
ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމުމަށް އެހީތެރިވުމުގެ ގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން އިތުރު 147 މިލިއަން ޑިރުހަމު (40 މިލިއަން ޑޮލަރު) ގެ ލޯނެއް ނަގައިފިއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އެއާޕޯޓުގެ މުހިންމު ދައުރު ފާހަގަކޮށް، މި މަޝްރޫޢުއަށް 2017 ވަނަ އަހަރު ދޫކޮށްފައިވާ 183.5 މިލިއަން ޑިރުހަމު (50 މިލިއަން ޑޮލަރު) ގެ ލޯނާ ގުޅިގެން ދޫކުރާ އިތުރު ލޯނެކެވެ.
މި ފައިނޭންސިންގ އެއްބަސްވުމުގައި އޭޑީއެފްޑީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީ އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދެފަރާތުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މުޙައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވި ގޮތުގައި މި ފަންޑުން ދައްކުވައިދެނީ ޓްރާންސްފޯމޭޓިވް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް މެދުވެރިކޮށް ޕާޓްނަރ ޤައުމުތަކުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ގެނައުމުގައި އޭޑީއެފްޑީގެ މުހިންމު ދައުރެކެވެ. އޭނާ އިތުރަށް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމަށް އިތުރު އެހީތެރިކަން ލިބުމަކީ، ރާއްޖޭގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ޞިނާޢަތުން އިތުރުވަމުންދާ ޑިމާންޑަށް ވާސިލުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ޔޫ.އޭ.އީ އާއި އޭ.ޑީ.އެފް.ޑީއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ދެ ޤައުމުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ އޭޑީއެފްޑީގެ ފަންޑިންގއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީތައް ހިމެނޭ އެންމެ ޒަމާނީ އިންޓަނޭޝަނަލް އެއާޕޯޓެއް ޤާއިމުކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުފަތުރުގެ ތަޖުރިބާ އިތުރުކޮށް، ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމުގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިތުރަށް ފުޅާކޮށް، ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހާއްސަ އިމާރާތެއްގެ އިތުރުން މަތިންދާ ބޯޓުތަކަށް ފަސިންޖަރުންނަށް ވަދެވޭ ގޮތަށް 26 ގޭޓަށް ޖާގަ ލިބޭނެ އެވެ. އާ ބޮޑުކުރުމުގެ ސަބަބުން އެއާޕޯޓުގެ ޖުމްލަ ކެޕޭސިޓީ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް އަރާނެއެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އަންނަނީ 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގިނަ ސްޓްރެޓެޖިކް ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސް ކުރުމުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދަތުރުފަތުރާއި ހަކަތައާއި ފަތުރުވެރިކަމާއި ބޯހިޔާވަހިކަން ފަދަ މުހިންމު ދާއިރާތައް ތަރައްޤީކޮށް ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މި މަޝްރޫޢުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ މަޝްރޫޢުތަކެކެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
