
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
މެންޗެސްޓަރ ސިޓީގެ މެނޭޖަރު ޕެޕް ގުއާޑިއޯލާ ބުނެފައިވަނީ އެ ކްލަބަށް ކުރިއަށް އޮތް މޫސުމުގެ ޗެމްޕިއަންސް ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށެވެ. ސިޓީ މިހާރު ވަނީ ޔޫރަޕިއަން ފުޓްބޯޅައިގެ އެންމެ ފަޚުރުވެރި ކްލަބް މުބާރާތުގައި ވިދިވިދިގެން 14 ވަނަ މޫސުމުގައެވެ. އިނގިރޭސި ކްލަބުތަކުގެ ތެރެއިން މީގެ ކުރިން މިއަށްވުރެ ދިގު މުއްދަތަކަށް ކޮލިފައިވެފައިވަނީ 1998 އާއި 2017 އާ ދެމެދު އާސެނަލް އާއި 1996 އާއި 2014 އާ ދެމެދު މެންޗެސްޓަރ ޔުނައިޓެޑް އެކަންޏެވެ.
17 މެޗަށްފަހު ސިޓީ މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ 7 ވަނަ ހިސާބުގައެވެ. 4 ވަނައިގައިވާ ނޮޓިންގްހަމް ފޮރެސްޓާ ދެމެދު 4 ޕޮއިންޓުގެ ތަފާތެއް އޮވެއެވެ. އަދި 5 ވަނައިގައިވާ ބޯންމަތާ ދެމެދު 1 ޕޮއިންޓުގެ ތަފާތެއް އޮވެއެވެ. އިނގިރޭސިވިލާތް މިހާރު އޮތީ ޔޫއެފާގެ ޔޫރަޕިއަން ޕަރފޯމަންސް ސްޕޮޓް ތާވަލުގެ އެންމެ މަތީގައެވެ. އަދި ކުރިއަށް އޮތް މޫސުމުގެ ޗެމްޕިއަންސް ލީގުގައި 5 ވަނަ ޖާގައެއް ހޯދުމަށް ރަނގަޅު ހިސާބެއްގައެވެ. ނަމަވެސް މިހާރުގެ ސްޓޭންޑިންގްސްއަށް ބަލާއިރު ސިޓީ އަދިވެސް ކޮލިފައިއެއް ނުވާނެއެވެ.
“އަހަރެން ކުރިން ބުނިއިރު، މީހުން ދެއްކީ ހީލުމެވެ،” ގުއާޑިއޯލާ ބުންޏެވެ. “އެމީހުން ބުނީ، ‘ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ މާބޮޑު ކާމިޔާބީއެއް ނޫނޭ’. އެކަމަކު އަހަރެންނަށް އެނގޭ، މިޤައުމުގެ ކްލަބުތަކަށް މިކަން ދިމާވާތީވެ. އެމީހުން ގިނަ އަހަރުތަކަކަށް ވަރުގަދައަށް ތިބެފައި، އޭގެ ފަހުން ގިނަ އަހަރުތަކަކަށް ޗެމްޕިއަންސް ލީގަށް ސް ލީގަށް ކޮލިފައިނުވެ ތިބުނީ.” ގުއާޑިއޯލާގެ ޓީމުން ބޮކްސިންގ ޑޭގައި އެވަރޓަންއާ ދެކޮޅަށް ގޭގައި ކުޅޭނެއެވެ. އޭގެ ފަހުން 29 ޑިސެމްބަރުގައި ލެސްޓަރއަށް ދަތުރުކުރާނެއެވެ. އަދި 4 ޖެނުއަރީގައި ވެސްޓް ހޭމްއާ ދެކޮޅަށް ގޭގައި ކުޅޭނެއެވެ.
މި ތިން ވާދަވެރިންނަކީވެސް ތާވަލުގެ އެންމެ ތިރީގައިވާ 7 ޓީމުގެ ތެރޭގައި ހިމެނޭ ޓީމުތަކަކަށްވާތީ، މިއީ ސިޓީއަށް ފަހަކަށް އައިސް ލިބެމުންދާ ދެރަ ނަތީޖާތައް ރަނގަޅުކުރުމުގެ ފުރުޞަތެކެވެ. 8 މެޗުން 4 ޕޮއިންޓު ލިބިފައިވާކަން ގުއާޑިއޯލާ ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ޔޫރަޕިއަން އަމާޒުތައް ޝައްކުގެ ތެރެއަށް ވައްޓާލާފައިވެއެވެ. “ފާއިތުވި އަހަރުތަކުގައި ޗެމްޕިއަންސް ލީގުގައި ބައިވެރިވެފައިވާ އެއް ޓީމަކީ މެންޗެސްޓަރ ސިޓީއެވެ،” އޭނާ އިތުރަށް ބުންޏެވެ. “މިހާރު އަހަރެމެން ނުރައްކަލުގައި، ހަމަ ޔަޤީނުންވެސް އަހަރެމެން ނުރައްކަލުގައި.”
2005-06 މޫސުމުން ފެށިގެން 2008-09 މޫސުމާ ހަމައަށް ޕްރިމިއަރ ލީގުގެ ފުރަތަމަ 4 ޖާގައިގައި ތިބީ އާސެނަލް، ޗެލްސީ، ލިވަރޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑެވެ. މަދުވެގެން މި ތިނެއް 2012 އާ ހަމައަށް ވިދިވިދިގެން 15 މޫސުމުގައި ފުރަތަމަ 4 ޖާގައިގައި ތިބެފައިވެއެވެ. ނަމަވެސް ޔުނައިޓެޑް ވޭތުވެދިޔަ 11 މޫސުމުގެ ތެރެއިން 5 މޫސުމުގައި ޗެމްޕިއަންސް ލީގުން ބޭރުގައި ހޭދަކޮށްފައިވެއެވެ. އާސެނަލް މިދިޔަ މޫސުމުގައި އެނބުރި އައުމުގެ ކުރިން 6 މޫސުމު ހޭދަކުރީ މި މުބާރާތުން ބޭރުގައެވެ. ލިވަރޕޫލް 2010 އިން ފެށިގެން 7 އަހަރުގެ ތެރެއިން އެންމެ އެއް އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައި މި މުބާރާތުން ބޭރުގައި ހުޭރުގައި ހުއްޓެވެ. ޗެލްސީ މިހާރު ހޭދަކުރަމުން މިދަނީ ޔޫރަޕުގެ އެންމެ މަތީ ފަންތިން ބޭރުގައި ވިދިވިދިގެން ދެވަނަ މޫސުމެވެ.
މި މޫސުމުގައި ސިޓީއަށް ނުރައްކާ އަންނަނީ އުންމީދުނުކުރާ ފަރާތްތަކުންނެވެ. ފޮރެސްޓް އަދި ބޯންމަތުގެ އިތުރުން އަސްޓަން ވިލާވެސް ވަނީ ސިޓީގެ ކުރިއަށް ގޮސްފައެވެ. އަދި ނިއުކާސަލް، ފުލްހަމް އަދި ބްރައިޓަންވެސް ވަނީ ދެތިން ޕޮއިންޓުގެ ތެރޭގައެވެ. “ވާދަކުރާ ފަރާތްތައް ވަރަށް ގިނަ،” ހުރިހާ މުބާރާތްތަކުން ފަހުގެ 12 މެޗުގެ ތެރެއިން 9 މެޗު ގެއްލިފައިވާ އޭނާގެ ޓީމާ ބެހޭގޮތުން ގުއާޑިއޯލާ ބުންޏެވެ. “ކޮންމެ ކްލަބަކަށްވެސް މިއީ ވަރަށް މުހިންމު ކަމެއް. އަދި އަހަރެމެން މެޗުތައް ކާމިޔާބު ނުކުރާނަމަ، އަހަރެމެން ބޭރުވާނެ.”
“އަހަރެމެން ކޮލިފައިނުވާނަމަ، އެއީ އަހަރެމެން އެކަމުގެ ޙައްޤުވެރިން ނޫން ވާތީވެ، އަހަރެމެން ތައްޔާރުވެފައި ނެތުމުގެ ސަބަބުން، އަދި އަހަރެމެންނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ އެކަންކަން ޙައްލުނުކުރެވުނު ވާތީވެއެވެ.”
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
