
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާސް)
ސީރިއާގެ އައު ބަޣާވާތްތެރިންގެ އިސްނެގުމުގެ ދަށުން އޮތް ވެރިކަމުން ބުނަނީ އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައި، ވައްޓާލެވުނު ރައީސް ބަޝާރު އަލް-އަސަދުގެ ވަފާތެރި ބާރުތަކުން ކުރި “އެމްބުޝް” އެއްގައި އެތެރޭގެ ކަންކަމާބެހޭ މިނިސްޓްރީގެ 14 މުވައްޒަފުން މަރުވެ، 10 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުން ބުނާގޮތުގައި މި ހަނގުރާމަ ހިނގާފައިވަނީ މެޑިޓަރޭނިއަން ކަނޑުގައި އޮންނަ ޓާޓަސް ބަނދަރާ ކައިރީގައި އަންގާރަ ދުވަހުއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ސެކިއުރިޓީ ބާރުތަކަށް މި އެމްބުޝް ދިމާވީ، ވެރިރަށް ދިމިޝްޤާ ކައިރީގައި އޮންނަ ނުބައި ނަމުބަދުވެފައިވާ ސައިދްނާޔާ ޖަލުގައި އޭނާގެ ދައުރާ ގުޅިގެން ކުރީގެ އޮފިސަރެއް ހައްޔަރުކުރަން މަސައްކަތްކުރަމުންދަނިކޮށެވެ. ގާތްގަނޑަކަށް 2 ހަފްތާއާއި ދުވަސްކޮޅެއްގެ ކުރިން، އަސަދުގެ ރައީސްކަން ވެއްޓުނީ އިސްލާމީ ޙަޔާތު ތަޙްރީރު އައްޝާމް (އެޗްޓީއެސް) ޖަމާޢަތުގެ އިސްނެގުމުގެ ދަށުން ހިންގުނު ބަޣާވާތްތެރިންގެ ބާރުތަކަށެވެ.
އިނގިރޭސިވިލާތުގައި މަރުކަޒުކޮށްފައިވާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނެފައިވަނީ މި ޖެހުންތަކުގައި 3 ހަނގުރާމަވެރިން ވެސް މަރުވެފައިވާ ކަމަށެވެ. އެސްއޯއެޗްއާރުއިން އިތުރަށް ބުނެފައިވަނީ ސެކިއުރިޓީ ބާރުތަކުން ފަހުން އިތުރު ބާރުތައް ގެނެސްފައިވާ ކަމަށެވެ. މިއާ ވަކިން ހިނގި ކަމެއްގައި، ސީރިއާގެ ވެރިކަމުން މެދު ސަރަޙައްދުގައިވާ ހޮމްސް ސިޓީގައި ރޭގަނޑު ނުކުތުން މަނާކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މިކަން ވެފައިވަނީ އަލަވީ މަޒާރަކަށް ހަމަލާއެއް ދިންކަމަށް ބުނާ ވީޑިއޯއެއް ފެތުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ސީރިއާގެ އެތެރޭގެ ކަންކަމާބެހޭ މިނިސްޓްރީން ބުނެފައިވަން ބުނެފައިވަނީ އެއީ ކުރީގެ ވީޑިއޯއެއް ކަމަށާއި، ނޮވެމްބަރު މަހުގެ ފަހުކޮޅު އަލެޕޯގައި ބަޣާވާތްތެރިން ހިންގި ހަމަލާއާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އަދި މި އަނިޔާވެރިކަން ހިންގާފައިވަނީ ކާކުކަން ނޭނގޭ ބަޔަކު ކަމަށެވެ.
އެސްއޯއެޗްއާރުއިން ބުނެފައިވަނީ ހޮމްސްގައި އެއް މުޒާހަރާތެރިއަކު މަރުވެ، 5 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. މުޒާހަރާތައް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ޓާޓަސްއާއި ލަޒިޤިއްޔާ ސިޓީތަކާއި، އަސަދުގެ އުފަންރަށް ކަމަށްވާ ޤަރުދަޙާ ފަދަ ސަރަޙައްދުތަކުގައެވެ. އަލަވީންނަކީ އަސަދު ޢާއިލާ ނިސްބަތްވާ މަދު އަޤްލިއްޔަތު މަޒްހަބެވެ. އަދި ކުރީގެ ވެރިކަމުގެ ސިޔާސީ އަދި ސިފައިންގެ އިސް ފަންތީގެ ގިނަ މީހުން ނިސްބަތްވަނީ މި މަޒްހަބަށެވެ. އެޗްޓީއެސްގެ އިސްނެގުމުގެ ދަށުން ހިންގުނު އަވަސް ހަމަލާ ފެށުނީ ސީރިއާގެ އުތުރު-އިރުމަތިންނެވެ. އަދި އެ ހަމަލާ މުޅި ޤައުމަށް ފެތުރުމާއެކު، އަސަދު ޢާއިލާގެ 50 އަހަރަށްވުރެ ދިގު މުއްދަތުގެ ވެރިކަން ނިމުމަކަށް އައެވެ.
އަސަދާއި އޭނާގެ ޢާއިލާ މަޖުބޫރުވީ ރަޝިޔާއަށް ފިލަންނެވެ. އެޗްޓީއެސްއިން އޭގެ ފަހުން ވަޢުދުވެފައިވަނީ ސީރިއާގައިވާ ގިނަ ދީނީ އަދި ނަސްލީ އަޤްލިއްޔަތުތަކުގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށްދޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
