
އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓި، އެ ބޯޓުން ދަތުރު ކުރި ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް ހިޒް އިލްހާމް ހައިދާރު އޮގްލޫ އަލިޔޭވްއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ. އަޒަރުބައިޖާން ވެރިރަށް ބާކޫއިން ރަޝިއާގެ ގްރޯޒްނީއަށް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓުނީ ކަޒަކިސްތާނުގެ އަކްތާއޫ އެއާޕޯޓު ރަންވޭ މައްޗަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މަތިންދާ ބޯޓުގައި 105 ފަސެންޖަރުންނާއި ފަސް ކްރޫ މެމްބަރުން ދަތުރު ކުރިއެވެ.
ނަމަވެސް މިހާތަނަށް އައިއިރު 38 މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖްގައި ވަނީ ހާދިސާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުގައި ކަމަށެވެ. އަދި އަޒަރުބައިޖާންގެ ސަރުކާރަށާއި ރައްޔިތުންނަށާއި، ހާއްސަކޮށް ޒަހަމްވި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއިރު، މި ހާދިސާގައި މަރުވި މީހުންނަށްޓަކައި ތައުޒިޔާ ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން މި ހާދިސާގެ ސަބަބަުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ. މި މަތިންދާ ބޯޓު ވެއްޓޭ މަންޒަރުގެ ވީޑިއޯއެއް ވެސް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފުރަތަމަ ފެންނަނީ މަތިންދާ ބޯޓު ކުއްލިއަކަށް ތިރިވާ ތަނެވެ. އެކަމަކު، ފަހުން މަތީގައި އުދުހޭ މަންޒަރު ފެންނަ އިރު، ވަކި ހިސާބަކުން އެ މަތިންދާ ބޯޓު ރަންވޭގައި ޖައްސަންދެއެވެ.
ރަންވޭގައި ޖެއްސުމާއެކު، މަތިންދާ ބޯޓު “އެކޮޅުކޮޅަށް” ޖެހޭ މަންޒަރާއެކު އަލިފާން ރޯވާ ތަން ވެސް ފެނެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
