
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސިއްހަތާއި ގުޅުން ހުރި މައުލޫމާތުތައް ފައިލްތަކަށް ލައިގެން ގެންގުޅުމަކީ އުނދަގޫ ކަމެއް ކަަމަށާއި، މި ނިޒާމް ޑިޖިޓަލައިޒްކޮށް ތަންފީޒު ކުރުމުގެ ސަބަބުން މި ނިޒާމަށް ހެޔޮ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ޕޯރޓަލް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހަތާއި ގުޅުން ހުރި މައުލޫމާތުތައް ފައިލްތަކަށް ލައިގެން ގެންގުޅުމަކީ އުނދަގޫ ކަމެއް ކަަމަށާއި، އެކަން އެގޮތަށް ކުރުމަކީވެސް ޒަމާނަށް ފެތޭ ގޮތެއް ނޫން ކަަމަށެވެ. “އަމާޒަކީ މި ނިޒާމްގެ ތެރެއިން ރައްޔިތުންނަށް ހުރި މިފަދަ ގޮންޖެހުންތަކަށް ހައްލު ލިބި، ނިޒާމް ނިޒާމެއްގެ ގޮތުގައި މުހިންމު ޑިޒިޝަންތައް ނެގުމަށްޓަކައި ބޭނުންވާ ޑޭޓާ، ރައްކާތެރިގޮތުގައި ލިބެން ހުރުމުގެ ސަބަބުން ޕޮލިސީތައް ތައްޔާރު ކުރުމުގައި އެހީތެރިކަމަކަށް ވެގެންދާނެ ކަަމަށް،”. ވަޒީރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ކަންކަން ރަނގަޅުކޮށް، ތަހުޒީބުކޮށް ކުރިއަރާ ގެންދިއުމަށް އެންމެ މުހިންމު އެކައްޗަކީ ސާފު ތެދު މައުލޫމާތު ފަސޭހައިން އަަވަހަށް ލިބިފައިހުރުން ކަމަށެވެ. “21 ވަނަ ގަރުނުގެ ތަހުޒީބާއި ތަރައްގީ އާއި ކުރިއެރުން، އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ފިލާވަޅަކީވެސް މިއީ، އެ ބޭފުޅުން ވިދާޅުވަނީ 21 ވަނަ ގަރުނުގެ ކަރަންސީއަކީ ތެދު މައުލޫމާތު ކަމަށް، އެއީ ދުނިޔޭގެ އެންމެންވެސް އެކައްޗަކުން މުއާމަލާތް ކުރާ އެ އެއްޗަކަށް އިތުބާރު ކުރާ އެއްޗަކީ ތެދު ސާފް މައުލޫމާތުކަން،”. ނާޒިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނާޒިމް ވިދާޅުވީ، މިފަދަ މައުލޫމާތުތައް ފަސޭހައިން އެއްތަނަކުން، ރައްޔިތުންނާއި ދައުލަތް އަދި ސަރުކާރުތަކުން ބޭނުންވެއްޖެ ހިނދެއްްގައި ފަސޭހައިން ލިބޭނެ ގޮތަށް އޮތުމަށްވުރެ މުހިންމު ކަމެއް މުޖުތަމައުތައް ތަރައްގީވެ ކުރިއަރައިގެން ދިއުމަށް ނެތް ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަަށެވެ.
“އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެންމެ މުހިންމު އެއް އަސާސް، ނުަވަތަ އެންމެ މުހިންމު އެއް ރިސޯސް،”. އޭނާ ވިދާޅުވިއެވެ. އަދި މި ކުރަނީ ގައުމީ ފެންވަރުގައި ރާއްޖޭގެ ސިއްހީ ނުވަތަ ރައްޔިތުންގެ ސިއްހީ މައުލޫމާތު ޑިޖިޓަލައިޒްކޮށް، އެއް ވިއުގާއެއްގެ ތެރޭގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުން ކަަމަށްވެސް ނާޒިމް ވިދާޅުވިއެެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި މި މަސައްކަތަކީ މިއަދު އަޅުގަނޑުމެން އާދެވިފައި މިތިބި ހިސާބު، ސިއްހީ ނިޒާމް ފުޅާ ކުރުމަށް ހަރުދަނާ ކުރުމަށް، ކޮންމެހެންވެސް ކުރަން ޖެހިފައިވާ އަސާސީ މަސައްކަތެއް،”. އޭނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައިވާ ރާއްޖެއަކީ ޓެކްނޮލޮޖީއަށް އަހުލުވެރި، ތަރައްގީގައި ޓެކްނޮލޮޖީގެ ބައިވެރިވުން، އިތުރު ކުރުމަށް ސިޔާސަތުތައް ކަނޑައެޅިފައިވާ ނިޒާމެއް ކަަމަށެވެ. ސިއްހީ ނިޒާމުގެ މި މުހިންމު މަސައްކަތްވެސް ވެގެން ދަނީ، އެމަނިކުފާނު ތަސައްވަރު ކުރައްވާ، ރާއްޖެ ބިނާ ކުރުމުގައި، ހެލްތް ނިޒާމް ތަރުތީބު ކުރުމުގައި މުހިންމު މަސައްކަތެއްގެ ގޮތުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިކަން ހާސިލް ކުުރުމަށް، މިވަގުތު ސިއްހީ ދާއިރާގައި ވަރަށް ގިނަ ޑިޖިޓަލް ޕްލެޓްފޯމްތައް ގެންގުޅެމުން އެބަދޭ، ވުމާއެކު އެންމެ އަމާޒަކަށް މި ހަދަނީ ތަފާތު ސިސްޓަމްތައް ސްޓޭންޓަޑައިޒްކޮށް، އެއް ސިސްޓަމް އަނެއް ސިސްޓަމް ގުޅިލާމެހިގެން ރައްކާ ކުރެވޭ އެއް ވިއުގާއެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތް،”. ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިއްހީ ނިޒާމް ޑިޖިޓަލައިޒް ވާން ޖެހޭ ކަމަށާއި، ހާއްސަކޮށް ރާއްޖެ އުފެދިފައި އޮތް ގޮތުން، ފޯރުކޮށްދޭން ބޭނުންވާ ސިއްހީ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުދިކުދި އާބާދީތަކަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއަށް ގެންނަން މަޖުބޫރު ކަމަށެވެ.
މި ނިޒާމަށް ގިނަ އަދަދެއްގެ މީހުންގެ މައުލޫމާތު ދަނީ އެއް ކުރަމުންނެވެ. މީގެ ތެރޭގައި 2024، 2023، 2022 ގައި އުފަންވި ކުދިންގެ %95ގެ މައުލޫމާތު ހިމެނެއެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން އުފަންވާ ކޮންމެ ކުއްޖެއްގެ ފުރިހަމަ މައުލޫމާތު މި ސިސްޓަމް މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޑޮކްޓަރަށް ދައްކަމުންދާ ގޮތުގެ މައުލޫމާތުވެސް މި ނިޒާމްގެ ތެރޭގައި ރައްކާތެރި ކުރަމުން ގެންދާނެއެވެ.
“މި ނިޒާމް ވެގެން ދާނީ ކުރިއަށް އޮތްތަނުގައި ދިވެހި ހުރިހާ ރައްޔިތުންގެ ސިއްހީ މައުލޫމާތުތައް އެންމެ ތުއްތު ދުވަހުން ފެށިގެން އޭނާ މި ދުނިޔެ ދޫކޮށް ދަންދެންވެސް ރައްކާކުރެވޭ ނިޒާމަކަށް،”. ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
