
ދިރާގުން 2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އައު އަހަރުގެ ހިތްގައިމު، ހާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އައު އަހަރުގެ ޗުއްޓީއާ ގުޅުވައިގެން، ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ފަދަ ހާއްސަ ފަސް އޮފާއެއް ތައާރަފްކޮށްފައެވެ. އެގޮތުން:
ސަޅި ޕްރީޕެއިޑް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2،025 ރުފިޔާގެ އޮފާ އަގަކަށް ސަޅި 365 ދުވަސް ނުވަތަ ސަޅި 180 ދުވަސް ޕްލޭނަށް ސަބްސްކްރައިބް ކުރެވޭނެއެވެ.
- ސަޅި 365 ދުވަސް: ސަޅި 365 ދުވަހުގެ ޕްލޭނާއެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ (ދުވާލަކު 1ޖީބީ)އާއެކު، އިތުރު އަގަކާ ނުލާ 100ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެއެވެ.
- ސަޅި 180 ދުވަސް: ސަޅި 180 ދުވަހުގެ ޕްލޭނާ އެކު ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ (ޖުމްލަ 720ޖީބީ) 180 ދުވަހަށް ލިބޭނެއެވެ.
ޕޯސްޓްޕެއިޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހާއްސަ ޑޭޓާ ބޫސްޓާތަކާ އެކު 25ޖީބީ އާ ހަމައަށް އިތުރު ހިލޭ ޑޭޓާ ލިބޭނެއެވެ.
ސްޓްރީމް 25ޖީބީ އޮފާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ ސްޓްރީމިންގް އެޑް-އޮންއާއެކު، އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް ބޭނުންތަކަށް 25ޖީބީ މޮބައިލް ޑޭޓާ އެންމެ 25 ރުފިޔާއަށް، 24 ގަޑިއިރުގެ މުއްދަތަށް ލިބިގެންދާނެއެވެ.
މަންތުލީ ޑޭޓާ ޑޭޓާ އެޑް-އޮންތައް: ވަކި މަންތުލީ ޑޭޓާ އެޑް-އޮންތަކާއެކު ކަސްޓަމަރުންނަށް އެއް އަގެއްގައި 25 އިންސައްތަ އިތުރު ހިލޭ ޑޭޓާ، 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެއެވެ.
100ޖީބީ 24 ގަޑިއިރުގެ ޑޭޓާ ޕެކް: ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 24 ގަޑިއިރުގެ ޑޭޓާ ޕެކް އެކްޓިވޭޓްކޮށްލައިގެން އިތުރު 25ޖީބީ ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ކޯލްތައް – ހަމަ އެއް އަގެއްގައި ލިބިގެންދާނެއެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންއާއެކު، އައު ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ނަގާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބިގެންދާނެއެވެ. މި އޮފާ ކުރިއަށް ދާނީ 31 ޑިސެންބަރު 2024ގެ ނިޔަލަށެވެ.
ހިލޭ ކަނެކްޝަން ޕްރޮމޯ ފިޔަވާ އެހެން ހުރިހާ އޮފާތަކެއް 31 ޖަނަވަރީ 2024ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެއެވެ.
މި ޚާއްސަ އައު އަހަރުގެ އޮފަރތަކާ ބޭހޭ އިތުރު މަޢުލުމާތު މި ލިންކުން ލިބޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ހިތްގައިމު އައު އޮފަރތަކާއި ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
