
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ފައިނަލްގައި އައްޑޫ ސިޓީ ބަލިކޮށް އޭދަފުށި ކާމިޔާބު ހޯދައިފިއެވެ. ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި އޭދަފުށި ކުޅުންތެރިން ފެނިގެން ދިޔައީ ވަރުގަދަކޮށެވެ. އެކަމަކު، ދެވަނަ ހާފްގައި އައްޑޫ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް އޭދަފުށި ގޯލަށް ނުރައްކާ ކުރި ތަން ފެނިގެން ދިޔައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި މެޗުގައި އޭދަފުށި ޓީމުން ދެއްކި ވަރުގަދަ ކުޅުމާއެކު، ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް މި ގޯލު އޭދަފުއްޓަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖ.12 މުހައްމަދު ފާސިރެވެ. މިއީ އޭދަފުށި ޓީމުގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ކޯނަރެއް، އައްޑޫ ސިޓީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ މުހައްމަދު ފާސިރު ބޮލުން ޖެހި ގޯލެކެވެ.
ގިނަ ދުވަސް ތަކަކަށްފަހު ގަލޮޅު ދަނޑުން ގިނަ އަދަދެއްގެ ސަޕޯޓަރުން ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުގައި އައްޑޫއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އައްޑޫ ސިޓީއަށް މީގެން އެއްވެސް ހަމަލާއެއް ގޯލެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މެޗުގެ ދެވަނަ ހާފުގައި ޑިފެންސިވް ގޭމެއް އޭދަފުށީގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް އެ ޓީމުން ވަނީ ކައުންޓާ އެޓޭކު ތަކުގައި އައްޑޫގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް އޭދަފުށިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ.
އޭދަފުށީގެ ކައުންޓާ އެޓޭކެއްގައި މި ގޯލު އޭދަފުއްޓަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ޖ.50 އަދި ފުރަތަމަ ލަނޑު ޖެހި މުހައްމަދު ފާސިރުގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ)އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އައްޑޫ ސިޓީގެ ގޯލަށް ބޯޅަ ވައްދާލީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީއެވެ.
ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބ.އޭދަފުށީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން މުހައްމަދު ފާސިރުއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
