
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގައި ބިދޭސީއަކު ރޭޕުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރުމަށްފަހު، ބިދޭސީ މީހާ މަރުވި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރް އަށް ގެނައި ނޭޕާލް ރައްޔިތެއް ކަމަށްވާ ކުންޗަން ދުންގަލް (25އ) ނިޔާވެފައިވާ މައްސަލަ 09 ނޮވެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.
ފުލުހުން ވިދާޅުވީ ކުންޗަން ދުންގަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރއްސާތީ ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވެފައިވެއެވެ. މެޑިކަލް ރިޕޯޓްގައި ވާގޮތުން ކުންޗަން ދުންގަލް މަރުވި ސަބަބު “ނޭންގޭ” ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އޭނާ އަކީ އެނީމިއާ ބައްޔަށް ބޭސްކޮށްފައިވާ މީހެއްކަން ވަނީ އެނަގިފައެވެ. އަދި އެ ރިޕޯޓުގައި އޭނާއަށް އެއްވެސް ކަހަލަ ޖިންސީ އަނިޔާއެއް ނުވަތަ ގޯނާއެއް ކޮށްފައިވާ ކަމަށް އެއްވެސް މިންވަރަކަށް ބުނެފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކުންޗަން ދުންގަލް ގެ ހަށިގަނޑާ ސްޕޮންސާރ ހަވާލުވެފައި ނުވާތީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައެވެ، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
