
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތިދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ދެ މިލިއަން ވަނަ ޓޫރިސްޓު ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިނިސްޓަރު ފައިސަލް ވިދާޅުވީ އާދީއްތަދުވަހުގެ ނިޔަލަށް ރާއްޖެއަށް 1978252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އެ މިނިސްޓްރީ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތްތަކެއްގެ ނަތީޖާއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.97 ފަތުރުވެރިން އައިސްފައިވާއިރު އެ އަމާޒަށް ވާސިލްވާން ބާކީ ބޭނުންވަނީ ތިރީހަކަށް ހާސް ފަތުރުވެރިންނެވެ.
މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، މި މަހުގެ 26 ވަނަ ދުވަހު މިއަހަރުގެ ދެ މިލިއަންވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.
2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެ ކަމަށް ބެލެވެނީ 14.2 މިލިއަންގައެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލެވެ. 78،000 އަކަ މީޓަރުގެ މި ޓާމިނަލްގެ ސަބަބުން އެއާޕޯޓުގެ ކެޕޭސިޓީ އަހަރަކު 1.5 މިލިއަނުން ހަތް މިލިއަނަށް އިތުރުވެ، އެރޯބޯޑިން ބްރިޖާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްފަދަ ޒަމާނީ ވަސީލަތްތައް ލިބެންހުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
