
އެމްޑީޕީ ވެރިކަމުގައި “ގެދޮރުވެރިޔާ”ގެ ފްލެޓްތައް ބެހީ މޫކާއި މަތީގައި ކަމަށާއި ލިސްޓްގައި ޝަރުތުހަމަނުވާ އެތައް ބައެއް ތިބޭނެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބިންވެރިޔާ ސިޔާސަތުގެ ދަށުން، ބިމާއި ފްލެޓްތައް އެމްޑީޕީން ބަހާލި ގޮތުގެ ވާހަކަ އަށް އަލިއަޅުވާލިއެވެ. ނިހާދު ވިދާޅުވި، އޭނާއަކީ 19 ވަނަ މަޖިލީހުގެ މެންބަރަކަށްވާއިރު، އެކަން ކުރަމުންދިޔަ ގޮތާއި އެކަން ރާވާ ހިންގި ގޮތް އެންމެ ރަނގަޅަށް އެކަކީ އޭނާ ކަމަށެވެ.
“ފްލެޓް ބެހީ މޫކާއި މަތީގައި ލިސްޓް ނަގައިގެން، ލިސްޓް ހަދައިގެން، ރައްޔިތުންގެ މަޖިލީހުގައި އެެ ބްރޯ އުފައްދާފައި ހުންނަ އެލީޓް ގްރޫޕް، އެތަނަށް ގެންގޮސްގެން، އެ އެލީޓް ގްރޫޕް މީހުން މެދުވެރިކޮށް ފްލެޓް ބެހީ، ހައްގު ނުވާ އެތައް ބަޔަކަށް ލިބިފައި ހުންނާނެ، މިހާރު އެ ފެންނަ ލިސްޓުތަކުންވެސް އެ އޮތީ އެކަން ފެންނަން،”. ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ، އޭނާ އަބަދުވެސް ބުނަމުން ގެންދަނީ، ގެދޮރު އަދި ފްލެޓް ދީފައި ވަނީ ގާނޫނާއި އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ރާއްޖޭގެ އިސް ގާނޫނީ ވަކީލުންވެސް ދައްކަނީ އެ ވާހަކަ ކަމަށް ނިހާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބިމުގެ ލިސްޓްތައް ނަގައިގެން، އެލީޓް ގްރޫޕްގެ މަޖިލީސް މެންބަރުންނާއި ހަވާލު ކުރުމަށްފަހު، ގުޅާ އެކަންކަން ހަމަޖެހުނު ކަމުގެ ވާހަކަދައްކާ ވީޑިއޯއެއް އޭނާ އަށް ފެނުނު ކަމަށެވެ. “ފްލެޓް ކަންތަކުގައި އަޅުގަނޑު އަމިއްލައަށް އެލީޓް ގްރޫޕްގެ އެމްޕީއަކަށް ގުޅާލިން، މިކަން އެނގޭތޯ، ގުޅާލީމާ ބުނީ ނޫނެކޭ ކައިރީގައި ހުރެ ބްރޯ ބުނާ އަޑު އިވެނީ، ނޫނެކޭ މިރެއަކު ތި އެމްޕީންނެއް ނޫނޭ، އޭގެ ފަހުންނެެއް އެކަމާ މަޝްވަރާ ކުރާކަށް އަޅުގަނޑުމެންނަކަށް ޖާގައެއް ނުލިބޭ، ބިމާ ފްލެޓާއި ބަހާލީ ހަމަ މި ދެންނެވި ގޮތަށް،”. ނިހާދު ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވަނީ އެސްއޯއީގެ ހުރިހާ ބޯޑެއްގައި ތިބި އެންމެންގެ އަތުގައި ފްލެޓްތައް ހުންނާނެކަންވެސް ވިދާޅުވެފައެވެ. އެއީ އެ ފަރާތްތަކުގެ ފްލެޓްތަކާއި ގޯތިތައް ހުރިކަމުގައި ވިޔަސް ކަންވެސް ނިހާދު ފާހަގަކުރެއްވިއެވެ. މިގޮތުން ހިޔާގެ ފްލެޓް ލިބިފައިވާ މީހާއަށް، ވިނަރެސް އިން ފެލްޓްތައް ލިބިފައިވާ ކަމަށާއި، ވިނަރެސް އިން ފެލްޓް ލިބުނު މީހާއަށް ހުޅުމާލެ އިން ދޫކުރި އަގުބޮޑު 12-20 ބިލިއަން ރުފިޔާގެ ބިން ދީފައި ހުރި ކަމަށް ވިދާޅުވިއެވެ.
“އަދި މިކަން ކޮށްފައި އޮތް ގޮތަކީ ކިހިނެއްތޯ، އަދި ކަނޑައެޅިގެން ހަދާފައި އޮތް އުސޫލަކީ، އެއީ އަޅުގަނޑު ދަންނަވާނީ ގާނޫނު އަސާސީއާ ހިލާފު އުސޫލެކޭ،”. އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެމްޑީޕީގެ މެންބަރުންނަށް ސީދާ ހުޅުމާލެ އިން ގޯތި ލިބިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިހާރު ވައްކަން ފޮރުވަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނިހާދު ވަނީ ވިދާޅުވެފައެވެ.
ނިހާދު ވިދާޅުވީ، އެމްޑީޕީން ހިންގާފައިވާ އެކި ޖަރީމާތަކާއި ގުޅުން ހުރި މައްސަލަތައް ބަލާފާނެތީ، ދިފާއުގައި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާނެ ބަޔަކު ހޯދުމަށްޓަކައި “ދޮގު ޖާޑިން ދޮގު ނެރެ” އެކަމެއް ހިނގަމުންދާ ކަމަށެވެ. “މި ދައުލަތް ލޫޓުވާ 50 ބިލިއަނުން ދަރުވާލާފާއި އޮތް ދަރުވާލުން، އެ މައްސަލަތައް ބަލައި، މި ފައިސާ ކާލި މިކަންކަން ހިންގި، މި ޖަރިމާގެ ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭ، މިހާރުވެސް ލަސްވެއްޖެ، އެއް އަހަރު ދުވަހަކީ ވަރަށް ބައިވަރު ދުވަސް،”. ނިހާދު ވިދާޅުވިއެވެ.
އެހެންކަމުން އާދޭހަކީ މިކަންކަން ބަލައި މިކަމުގެ ވީއައަވަހަކަށް ފިޔަވަަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ނުހައްގުން ހިންގާފައިވާ މައްސަލަތައް ބަލައި ހައްގު ގޮތުގައި، ހައްގުވެރިންނަށް މިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
