
އެމްޑީޕީ ސަރުކާރުން ރާއްޖެއަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ކަމަށާއި ދެވަނަ ފަހަރަށް އެފަދަ ހިޔާނާތެއްވާން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުން އަޅުވެތިކޮށް ގައުމު ދަރުވާލި ކަމަށާއި ހިޔާނާތްތެރިންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށެވެ. ޕީއެންސީގެ ބޮޑު ލަޝްކަރު ނުކުމެ ތިބީ ރައްޔިތުންގެ ޚިދުމަތުގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަންތައް ބައްޓަން ކުރީ ސަރުކާރުގެ އިސްވެރިންނަށް ނަފާ މަންފާ ލިބޭ ގޮތަށް ކަމަށެވެ. ރައްޔިތުން ބިކަކޮށް ހާލުގައި ޖައްސާލިކަމަށް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން މިތިބީ އެމްޑީޕީއަށް ދެވަނަ ފަހަރަށް މި ރާއްޖެއަށް އެފަދަ ބޮޑު ހިޔާނަތެއް ވާން ފުރުސަތު ދޭގޮތަށް ނޫން. ކޮންގްރެސް ޕާޓީގެ މިލަޝްކަރު މިއޮތީ އެގޮތަކަށް ނޫން.”، މަމްދޫހު ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް ޤާނޫނުތަކުގެ ބާރު ކަނޑުވާލާ ޤާނޫނާ ޚިލާފަށް އެތައް ކަމެއް އެމްޑީޕީން ކޮށްފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އަދި އޭރުގެ ވެރިން ބޭނުންވީ ސިޔާސީ ވެރިންގެ ފައިބުޑަށް ގޮސްގެން ރައްޔިތުން ކަންކަން ކުރުވާނެ މަގަށް ހުރިހާ ކަންކަން ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ނިޒާމުގެ ތެރެއިން ބޭނުންޖެހޭ ކޮންމެ ރައްޔިތަކަށް އެކަމަށް ފުރިގެން، ފުދިގެން ފުރިހަމަވެގެން ދިޔުން ކަމަށް މަމްދޫހު ވިދާޅުވިއެވެ. ” އެމްޑީޕީ ސަރުކާރުގެ ތެރެއިން ކަނޑަށް ޒިންމާވުމުގެ ޤާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީތީ ޕެރެލައިޒް ކޮށްލާފަ.” މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެން ދިޔައިރު، ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ރައްޔިތުން އެދޭ ގޮތަށް، ރާއްޖެއަށް ފައިދާ ވާނޭ ގޮތަށް މުޅިވެރިކަމުގެ ނިޒާމު ބައްޓަން ކުރަމުންދާ ކަމެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް އަކުރުން އަކުރަށް، ރަނުން ރަނަށް ފުއްދަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާލަން ޖެހޭ އެއް ކަމަކީ ދިވެހިރާއްޖޭގެ އިގްތިސޯދު އޭރު ދިޔަ ގޯސް މިސްރާބުން ސަލާމަތް ކުރުމަށް ރައީސް ޑރ.މުހައްމ،ަދު މުއިއްޒު އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތައް.” މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހުގައި ނަން ލިޔެވިގެންވާ ރައީސަކަށް ރައީސް ޑރ.މުއިއްޒު ވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
