
އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސާދު މަރާލައި، ރައްޔިތުން ބަނޑަށް ޖައްސާލައިގެން ވިޔަސް ވެރިކަން ލިބޭތޯ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާދު ވިދާޅުވީ، ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނަ ބުރާސްފަތި ދުވަހު އަންނައިރު، އެ ފަތުރުވެރިން ގެނައުމަށްޓަކައި ސަރުކާރުން ނުކުމެ ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދިވެހި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ބޭރުން ލިބޭ މަންފާ އާއި ފައިސާގެ އެހީއާއި، ބޮޑެތި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި ޓެރަރިޒަމް ހަމަލާއެއް ރާވާފައިވާ ކަމަށެވެ.
“މިކަމަކީ ޓީމް، ނުވަތަ އަށް ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރަމުންދިޔަ މީހަކު ހިންގާ ހަރަކާތެއް، މިކަމުގައި ބައިވެރިވަނީ ކަނޑައެޅިގެން ރާއްޖޭގައި އިގްތިސޯދު ފުނޑާލުމަށްޓަކައި މީގެ ކުރީގައިވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީން، އެ ލީޑާޝިޕްގެ ބްރޯ،”. ނިހާދު ވިދާޅުވީ، އިންޓަނޭޝަނަލް ރިސޯޓްތަކަަށް އަމާޒުކޮށްގެން، ހިންގަން ރާވާފައިވާ ހަރަކާތްތައް ހިންގަން މަސައްކަތް ކުރަމުން ދަނީ ލޭބަ ޔުނިއަން ކިޔާ ބަޔަކު ވެގެން މާލެ ކައިރީގެ ތިން ރިސޯޓަކަށް ހަވީރު 4:00 ޖަހާއިރު އެރުމަށްޓަކައި ކަމަށެވެ.
“މިވަގުތު އެ ރިސޯޓް ފުލްކޮށް އޮތީމާ، އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެން ނެތް ވާހަކަ ރީތިކޮށް ވަނީ އަންގާފައި، އެހެން ނަމަވެސް ލިޔުމުން އިންޒާރު ދީފައި ވަނީ އެ ބައްދަލުވުން ބޭއްވުމަށްޓަކައި އެރަށަށް އަރާނެ ވާހަކަ، އަޑުގަދަ ކުރާޔާ އެކީގައި ތިރަށަަށް ދޯނި ފަހަރުތަކުގައި ދާނަމޭ،”، ނިހާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިމުނު ފަހުން 20 ވަރަކަށް ރަށް ބަހާލާފައިވާކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ، އެމްޑީޕީގެ މައްސަލަތައް ބެލުމަށްޓަކައި އަމުރު ނެރެ، އެ މީހުންގެ މައްސަލަ ބަލަމުންދާތީ، މި ގައުމު ހަލަބޮލިކޮށް މި ގައުމުގައި ހިންގަމުންދާ ރިސޯޓްތައް ހުއްޓުވާ، ގައުމުގެ އިގްތިސޯދު ފުނޑާލަން އެމްޑީޕިން ނުކުންނަން އުޅޭ ކަަމަށެވެެ.
“ރާއްޖެ މާކެޓް ކުރަމުން މި ދަނީ ތިން އެސްއެއްގެ މައްޗަށް، އެއީ ސަން، ސޭންޑް، އެންޑް ސީ، އޭގެ ބޭރުންވެސް އެސްތައް ވަރަށް ބައިވަރު، ސޭފްޓީ، ސްޓެބިލިޓީ، ސެކިއުރިޓީއަކީވެސް، އަޅުގަނޑުމެންގެ މި ޕްރޮޑަކްޓް ވިއްކުމަށްޓަކައި އަޅުގަނޑުމެން ގެންގުޅޭ ޓޫލްސް، މި ފުނޑާލާފައި، އަޅުގަނޑުމެންގެ އިގްތިސާދު މަރާލާފައި، އަޅުގަނޑުމެންގެ ރައްޔިތުން ބަނޑަށް ޖައްސާލައިގެން ވިޔަސް ވެރިކަން ލިބޭތޯ އެ މަސައްކަތް ކުރަމުން ދަނީ،”. ނިހާދު ވިދާޅުވިއެވެ.
ނިހާދް ވިދާޅުވީ، ގައުމުގެ ހަޒާނާ “ދަވާލަމުން”، “ފުނޑާލަމުން”، “ކޮށާލަމުން” އަށް ރުފިޔާއިން ޕެނެޑޯލް ގުޅައެއް ވިއްކާލައިގެން މާލިއްޔާ ހުސްކުރަމުންދިޔަ ބައެއްގެ އަތްދަށުން އެ ބާރު ދިއުމުން، އަނެއްކާ އެ ބާރު ލިބޭތޯ މި ގައުމު ހަލަބޮލިކުރަން އެ ކުރާ މަސައްކަތް ނާކާމިޔާބު ވުމުން، އެ ދިމާ ކުރަނީ އަޅުގަނޑުމެންގެ ބްރެޑް އެންޑް ބަޓާއާ،”.
އޭނާ ވަނީ މިކަމަށް މުޅި ސަރުކާރު އެކީގައި އަދި ދިވެހި ރައްޔިތުން އެކީގައި ނުކުމެ މިކަން ހުއްޓުވަން ޖެހޭ ކަންވެސް ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
