
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން ކަމަށް އައިމިނަތު ނަމްޒާ އައްޔަނުކޮށްފިއެވެ. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ގެ ނައިބުގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ނަމްޒާ އަކީ ޕީއެސްއެމްގެ ޝޯވ ތައް ހުށަހަޅައިދީފައިވާ ހޯސްޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމްޒާ ވަނީ މި ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.
ޕީ.އެސް.އެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަޤާމަށް މ.ހަނީކޯމްބް، އަލްފާޟިލާ އާމިނަތު ނަމްޒާ މިއަދު ވަނީ އައްޔަނުކޮށްފައެ ވެ.
— Privatization & Corporatization Board (@pcb_gov) December 23, 2024
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އެ ތަނުގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔާ އިބްރާހިމް ނަސްރީން (ނައްޓު) އައްޔަނުކޮށްފައެވެ.
ނަސްރީނަކީ ޕީއެސްއެމްގެ މާކެޓިން ޑިޕާޓްމަންޓުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަސްރީން މަތީ ތައުލީމް ހާސިލްކުރެއްވީ ކޮމިޔުނިކޭޝަން އަދި ކްރިއޭޓިވްޓެކްނޮލޮޖީގެ ރޮނގުންނެވެ. ނަސްރީން ވަނީ 2015 ވަނަ އަހަރު އެމެރިކާގެ ޓްރެވަލް އެންޑް ޓޫރިޒަމް ރިސަރޗް އެސޯސިއޭޝަނުން ބޭއްވި ޓޫރިޒަމް ރިސަރޗް ކޮންފަރެންސަށް ހުށަހަޅުއްވައި، އެންމެމޮޅު މާސްޓަރޒް ސްޓޫޑަންޓް ރިސަރޗް އެވޯޑް ހޯއްދަވާފައެވެ. އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2016 ވަނަ އަހަރު ނަސްރީނަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް އަރުވާފައެވެ.
ދައުލަތުގެ މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނަސްރީން އައްޔަނުކުރައްވާފައިމިވަނީ، އެމަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަދުވަހު އިސްތިއުފާދެއްވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
