
ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އައްޔަނުކޮށްފިއެވެ. މި މަގާމަށް ނަޖާހް އައްޔަނުކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަނުން ހާމަކޮށްފައިވަނީ ވަނީ އެކްސްގައި ކުރި ޕޯސްޓެއްްގައެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު ވަނީ އައްޔަންކޮށްފަ އެވެ .
— Privatization & Corporatization Board (@pcb_gov) December 23, 2024
ނަޖާހު ވަނީ ސިފައިންގޭގައި 21 އަހަރުވަންދެން ހިދުމަތް ކުރައްވާފައެވެ. އޭނާ އެންމެފަހުން މަސައްކަތް ކުރެއްވީ ހެޕީމާކެޓްގައެވެ. ފެނަކައިގެ އެމްޑީގެ މަގާމް ހުސްވީ އެމަގާމުގައި ކުރިން ހުންނެވި، މުއާޒު މުހައްމަދު ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މުއާޒްގެ އިސްތިއުފާގެ ސިޓީގައި އެބޭފުޅާ ވަނީ މި މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ، ފެނަކައަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީ، އެބޭފުޅާ އެ މަގާމުގައި ހުރެގެން އެކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެފައެވެ. ފެނަކައާ މުއާޒު ހަވާލުވެ ވަޑައިގެންނެވިއިރުވެސް އެ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނިބޮޑު، އަދި ހިންގުމުގެ ހާލަތު އެންމެ ދަށް ކުންފުންޏެވެ. ފެނަކައިން ހަމައެކަނި އެސްޓީއޯގެ ތެއޮ ބިލްތަކަށްވެސް ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނުން ގުނާލެވެއެވެ. ފެނަކައަށް ބަލާއިރު އެކުންފުންޏަކީ ކޮރަޕްޝަނުގެ ކަންތައްތައްވެސް އެންމެބޮޑު އެއް ކުންފުންޏެވެ. މިގޮތުން ފެނަކައާ ގުޅޭ ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން މީގެކުރިން ވަނީ އެސްޓީއޯ ދަށަށް ފެނަކަ ބަދަލުކޮށްގެންވެސް ހިންގަން އުޅެފައެވެ. ނަމަވެސް ފަހުން އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
