
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އެމަނިކުފާނު އައްޔަން ކުރެއްވި މައުރޫފް ޖަމީލަކީ އެމަނިކުފާނު އިތުބާރު ކުރައްވާ ތެދުވެރި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މައުރޫފް ޖަމީލަކީ ފުލް އިންޓަގްރިޓީއާ އެކު މަަސައްކަތް ކުރާނޭ ކުޅަދާނަ ބޭފުލެއް ކަމަށާއި ޤާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް މައުރޫފް ޖަމީލު ނުކުރައްވާނެ ކަމަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށެވެ.
“އެޗްޑީސީއަށް މިއަދު އައްޔަން ކުރި ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލްއަކީ އަޅުގަނޑު ވަރަށް އިތުބާރުކުރާ ފުލް އިންޓަގްރިޓީ ހުރި ބޭފުޅެއް. ފުލް ކޮމިޓްމަންޓާއި ޕްރޮފެޝަނަލިޒަމްއާއެކީގައި މަސައްކަތް ކުރާ ބޭފުޅެއް.” ރައީސް ވިދާޅުވިއެވެ.
މައުރޫފް ޖަމީލް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މައުރޫފް ޖަމީލް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ސްޕެޝަލް އެޑްވައިޒަރު ކަން ވެސް ކުރައްވައިފައެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނެ މައުރޫފް ޖަމީލް މީގެކުރިން ވަނީ ސަރުކާރުން ދިން ހާއްސަ އިނާމް، ޑިޒައިން އެނަޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލް ކުރައްވައިފައެވެ. މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކި ދުވަސްވަރުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ ވެރިޔާގެ ހައިސިއްޔަތުން ހުޅުމާލޭގެ ތަރައްގީއަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެޗްޑީސީ އުފެއްދެވުމާއެކު، ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަން އެމަނިކުފާނު ނޭދޭ ކަމަށާއި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށްވެސް މިސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ. އަދި މިނިސްޓްރީއެއް ވިޔަސް ސަރުކާރުގެ އޮފީހެއް ވިޔަސް ކޮރަޕްޝަނުގެ އަމަލު ހިންގައި ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގައި މޫލާފައިވާ ކޮރަޕްޝަނުގެ އަމަލުތައް އެންމެން އެއްބާރުލުން ދީގެން ނައްތާލަން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.
“އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި އެޗްޑީސީ ތެރެއިން މި ދިމާވި ކަންތައްތަކުގައިވެސް އެންމެ ރަނގަޅަށް ކަންތައްތައް ފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން.” ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެޗްޑީސީ ތެރޭ ހިނގާދިޔަ ކަންތައްތައް ފުލުހުން ރަނގަޅަށް ތަހުޤީގުކޮށް އެކަންތައް ހިނގައިދިޔަ ގޮތާއި އޭގައި ހިމެނޭ ފަރާތްތައް ހާމަވެ އެފަރާތްތަކާމެދު ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ނުވަތަ ޤާނޫނުތަކާ ޚިލާފަށް މީހަކަށް ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމާއި ނުދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
