
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުން ރޭގައި އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު، އެ މަގާމުގައި ހުންނެވި އިރު، ކުރައްވަން ޖެހިވަޑައިނުގަންނަވާ ކަންތައްތަކެއް ކުރެއްވި ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބައެއް ފަރާތްތަކަށް ގޯތި ދޫކުރި ކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، ފަޒުލްގެ ބޭބެ އޮއްވައި އޭނާއަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތް ކަން ސާފުވެއެވެ.
މި މައްސަލައިގައި ފަޒުލް އާއި ފަޒީލް ވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ ސަސްޕެންޑްކޮށްފައެވެ. ފަޒުލް އާއި އޭނަގެ ބޭބެ ފަޒީލްގެ އިތުރުން ކުރީގެ ސަރުކާރުގެ ވެރިންގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވިގެން ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި މިހާރުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދަނިކޮށް ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަޒާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޒުލްގެ މައްސަލަ ބަލަންޖެހޭ ކަމަށާއި އެފަދަ މަގާމެއްގައި ހުންނަވައިގެން ކޮށްގެން ނުވާ ގިނަ ކަންތައް އޭނާ ކުރެއްވި ކަމަށެވެ. އެކަމަކު، އަޒާންގެ ވާހަކައިގައި އެއީ ކޮން ކަންތައްތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
“އެޗްޑީސީގެ ކުރީގެ އެމްޑީއަށް ކުރެވޭ ތުހުމަތުތައް ފުލުހުން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލަންޖެހޭ. އެ މަގާމުގަ ހުރެގެން ކުރަން ނުޖެހޭނެ ފަދަ ގިނަ ކަންކަންކޮށްފަ އެބަހުރި. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިންވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭނެ. ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ.” އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮރަޕްޝަނާ ދުރުހެލިވާން ޖެހޭ ކަމަށާއި މި ސަރުކާރުން އެކަން ބަލައިނުގަންނާނެ ކަމަށެވެ. މި މައްސަލައިގައި ފަޒުލް ވިދާޅުވީ “ބިންވެރިޔާ” ސްކީމްގެ ދަށުން އެޗްޑީސީން އެއްވެސް ބިމެއް ނުދޭނެ ކަމަށާއި އެ ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް ބިމެއް ދީފައި ނުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. އެކަމަކު، “ބިންވެރިޔާ” ސްކީމްގެ ދަށުން ވަކި ބަޔަކަށް ބިން ދިން ކަން އެނގިގެން އެކަން އިސްވެ، ހައުސިން މިނިސްޓްރީއަށް ހުށަހެޅީ ވެސް އެޗްޑީސީގެ ފަރާތުން ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
