
މާލީ ވުޒާރާއިން ގާއިމުކޮށްފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީޢު ހޮވިއްޖެ އެވެ. އިކޮނޮމިކް ރިފޯމް އޮފީހަކީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ގާއިމްކުރައްވާފައިވާ އޮފީހެކެވެ. މި އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް އަސްމާ ހޮވިފައިވާއިރު، އޭނާ ރިޕޯޓުކުރަން ޖެހޭނީ މާލީ ވަޒީރުގެ އެޑްވައިޒަރަށާއީ ސީދާ ވަޒީރަށެވެ.
ދެ އަހަރުގެ ކޮންޓްރެކް އެމަގާމަށް އަސްމާ ހޮވިފައިވާއިރު، އެމަގާމުގައި ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެން ބޭރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަގްވާމީ ގޮތުން ހެދިފައިވާ އުސޫލުތަކާ އެއް ގޮތްވާގޮތުގެ މަތިން ރާއްޖޭގެ އެކި ދާއިރާތައް ރިފޯމްކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދުތައް މިނިސްޓަރަށާއި، މިނިސްޓަރުގެ އެޑްވައިޒަރަށް ދޭން ޖެހޭނެ އެވެ.
މި ސަރުކާރުގެ އިޤްތިޞާދީ ރިފޯމް އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އެއްގޮތް މަސައްކަތްތަކެއްކުރާ ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގެ ރިފޯމް އެޖެންޑާއަށް އިންޓަނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) އިންވެސް ވަނީ ތައުރީފްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
