
ދޯންޏަކުން މިފްކޯއަށް މަސްކިރުވުމަށްފަހު 72 ގަޑިއިރު ވެގެން ދިޔަ އިރުވެސް ފައިސާ ނުލިބޭ ކަމަށްބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް މިފްކޯ އިން ދޮގުކޮށްފިއެވެ. ހަސަން ކުރުސީ ނަމަކަށް ކިޔާ ފަރާތަކުން ޓްވިޓަރގައި ކުރި ޓްވީޓެއްގައި މިފްކޯއަށް ދޯންޏަކުން މަސް ކިރުވިތާ 72 ގަޑިއިރުވެގެން ދިޔައިރުވެސް ބޭނި މަސްކޮޅަށް ފައިސާ ނުލިބުނު ކަމަށް ބުނެފައިވެއެވެ. އަދި މިއީ ސަރުކާރު ލަދުގަންނަންޖެހޭ ކަމެއް ކަމަށް ބުނެ، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޓެގުކޮށް، ދޯންޏަކުން މަސް ކިރާފައި މިފްކޯއިން ދިން ބިލުގެ ފޮޓޯއެއް އާންމުކޮށްފައިވެއެވެ.
މި ޓްވީޓާ ގުޅިގެން މިފްކޯއިން ބުނެފައިވަނީ އެ ދޯނީގެ ބިލުގައިވާ އަދަދު ތެލުގެ ކްރެޑިޓްއިން އެޑްޖަސްޓްމަންޓް ހަދަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އެ ދޯނީގެ ތެލުގެ ކްރެޑިޓް ފައިސާގެ ގޮތުގައި 10،282 ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ. މިފްކޯއިން ވަނީ އެ މައުލޫމާތުތައް ހާމަކޮށް އެ ދޯނީގެ ބިލްތައްވެސް މީޑިޔާތަކާ ހިއްސާކޮށްފައެވެ. މީގެއިތުރުން މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ނުފުއްދުނު ކަމަށް ހަސަން ކުރުސީ ބުނެފައިވީނަމަވެސް، މިފްކޯއިން ބުނެފައިވަނީ އެ ކުންފުނިން ސަރުކާރުގެ ވައުދާ އެއްގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދިމާވާނަމަ، ކަމާބެހޭ ފަރާތްތަކަށް ސީދާ ހުށަހެޅުމަށް މަސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ. މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށްވެސް ތެޔޮ ވިއްކައެވެ. އަދި އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
