
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވޭޕް އާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކޮންމެ އާއިލާއަކުން ވެސް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބަވަނަވަމުންދާ ދުނިޔޭގައި ބައިވަރު ކަންކަން އަންނާނެ ކަމަށެވެ. އެކަންކަމުން އަޒުމު ކަނޑައަޅައިގެން ސަލާމަތްވާން ބޭނުންވެއްޖިއްޔާ ސަލަމާތްވެވޭނެ ކަމަށް ވިދާޅުވިއެވެ.
“ވޭޕްގެ ވަބާއިން ސަލާމަތްވުން ކަމުގައި ވިޔަސް. ޑްރަގްގެ މައްސަލަ ވިޔަސް، ޑްރަގް މައްސަލަ ފުޅާ ވަމުން ގޮސް މުޅި ރާއްޖެއަށް ފެތުރިފައިވަނީ. ކޮންމެ އާއިލާއަކުން ބޭނުންވާނެ އެކަމުން ސަލާމަތްވާން. ކޮންމެ އާއިލާއެއްގައި ވެސް ވަބައިގައި ޖެހިފައި ހުރި ކުއްޖަކު ހުންނާނެ. ގަސްތަކު ނޫން އޭގެ ތެރެއިން ވަދެގެން ދަނީ. ނަމަވެސް މުޖްތަމައު އައިގޮތުން އޭގެ ތެރެއަށް ވަނީ ވަދެފައި. އެކަމުން ވެސް ނިކުންނަށް އަޒުމު ކަނޑައަޅައިގެން އުޅެން ފެށީމަ އެކަން ހައްލުވާނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޑްރަގް ވަބާއިން ވެސް ސަލާމަތްވުމަށް މިހާރަށްވުރެ ހަރުދަނާކޮށް އެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޑްރަގާއި ދެކޮޅަށް މިހާރު އޮތް ގާނޫނުގައި ބައިވަރު ލޫޕްހޯލްތަކެއް އެބަހުރި ކަމަށާއި ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އާބިލެއް ހުށަހެޅީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
ނުރައްކާތެރި ކުށްތައްކުރުމާއި ގޭންގް ކުށްތަކަށް ވެސް ގާނޫނެއް އެބައޮތް ކަމަށާއި އެކަމު އެ ވަރުގައި އެ މައްސަލަތައް އޮތްވައި ހައްލެއް ގެނެވޭނެ މަގެއް ނެތް ކަމަށް ވިދާޅުވިއެވެ. އެހެންވީމަ އެ މައްސަލަ ހައްލުކުރުމަށް ވެސް ބިލެއް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަޖިލިސް ހުޅުވިގެން ދިއުމުން ނުރައްކާތެރި ކުށްތަކާއި ގޭންގް ކުށްތަކާއި ބެހޭ ބިލާއި އަދި ޑްރަގްގެ ބިލް ފާސްވެގެން ދާނެ ކަމަށެވެ. އެ ބިލްތައް ފާސްވުމުން ތަންފީޒީ އޭޖެންސީތަކަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއިއެކުގައި އެ މައްސަލަ ހައްލުކުރުމަށް ނަތީޖާ ނެރެވިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
