
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރާ ބެހޭ ގަވައިދު ގެޒެޓްކުރާނެ ކަމަށާއި އެއަށް ފަހު މަސްވެރިންނަށް ބޭންކްތަކުގެ ސްކީމްތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ.، ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް ގާއިމު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެ ދަފްތަރަކީ ވަރަށް މުހިންމު މަގްސަދެއްގައި ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުމެއް އެއީ އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް ލިބޭ ފުރުސަތު އެ ފަރާތްތަކަށް ނުލިބޭތީ ބޭންކްތަކުން. ވަޒީފާއެއްގެ ގޮތުގައި އާމްދަނީ ޑިކްލެޔާ ކޮށްގެން ފައިދާއެއް ހޯދުމުގެ ފުރުސަތެއް ނޯވެ. އެހެންވީމަ އަޅުގަނޑު ވައުދުވީ ދަފްތަރެއް ގާއިމްކޮށް އެއީ ގާނޫނީ ބާރު އޮންނަ ދަފްތަރަކަށް ހަދައި އޭގައި ރަޖިސްޓްރީވާ މަސްވެރިންނަސް ބޭންކްތަކުން ލޯނު ނެގުމުގެ ފުރުސަތު ދިނުމަށް. އެ މަސައްކަތް އަހަރުގެ ކުރީ ކޮޅުގައި ފަށާއި ވަރަށް ގިނަ ގިނަ މަސްވެރިން ބައިވެރިވެފައިވަނީ. އަދިވެސް ވަނީ ހުޅުވާލާފައި އެހެންވީމަ ކުރިއަށް ދާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދަފްތަރަށް ގަވައިދެއް ހަދަންޖެހޭ ކަމަށެވެ. މިހާރު ވެސް ގަވައިދު ހެދުމުގެ މަސައްކަތް ނިމުމާގާތްވެފައިވާ ކަމަށާއި މި ހަފްތާގެ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރާއި ބެހޭ ގަވައިދު ގެޒެޓްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ދަފްތަރު ރެކޮގްނައިޒް ކުރުމުގެ މަސައްކަތް މިނިސްޓްރީއިން ބޭންކްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދަފްތަރާއި ބެހޭ ގަވައިދު ރަޖިސްޓްރީވީވުމުން ބީއެމްއެލްގެ އެކި ކަހަލަ ފެސިލިޓީތަކަށް މަސްވެރިންނަށް ހުޅުވާލުމަށް އެ ބޭންކުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. އަދި އެމްއައިބީއިން ވެސް ފެސިލިޓީތައް މަސްވެރިންނަށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެސްޓީއޯއިން ވެސް އެކި ކަހަލަ ސްކީމްތަކުން ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެހެންވީމަ މި ބުރާސްފަތި ދުވަހުން ފެށިގެން މަސްވެރިންގެ ދަފްތަރާއި ބެހޭ ގަވައިދު ރަޖިސްޓްރީ ކުރެވުމުން ބީއެމްއެލްއާއި އެމްއައިބީއާއި އެސްޓީއޯއިން މަސްވެރިންނަށް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ލިބޭ ފުރުސަތުތައް ލިބިގެންދާނެ.” ރައީސް ވިދާޅުވިއެވެ.
މަސްވެރިން އެދޭ ކަންތައްތައް ހައްލުކޮށްދިނުމުގެ ކަންކަން މި ސަރުކާރުން ކުރިއަށް ގެންދަމުންދާ ކަމަށާއި އަމާޒަކީ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއެރުން ހޯދައިދިނުން ކަމަސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
