
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާދަމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ހަތަރު ސްޓޭޝަނަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުން ވާނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ޕްރޮގްރާމެއް އިއުލާނުކޮށްފައި ކަމަށާއި އެއީ އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް އަތޮޅުގެ ކޮންމެ ވެސް އެއްތަނަކުން ލިބޭނެ އިންތިޒާމް ގާއިމްކުރުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެވައުދަކީ އަންނަ އަހަރަށް ބަހާލައިގެން ކޮންމެ މަހަކު ވެސް ކޮންމެ ވެސް އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ހަދައި އެތަނުން ހިދުމަތްދޭން ފެށުން ކަމަށާއި އެގޮތަށް ގޮސް 2025 ނިމޭއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުން އެސްޓޯއީ ރޭޓް އިން ތެޔޮ ލިބޭނެ ކަމަށް ވިދާޅުވިއެވެ.
“އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ދިޔައީ ކުރަމުން. އެގޮތުން މާދަމާއިން ފެށިގެން އެފްއެސްއެމްގެ ހަތަރު ސައިޓްތަކުން އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ. މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫއިން އެފްއެސްއެމްގެ ފިއުލް ސަޕްލައިތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ. އަދި އޭގެ އިތުރުން ކޫއްޑޫ އާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސެލްތަކުން އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުން. އެކަން ވެސް ކާމިޔާބުވެއްޖެނަމަ އިރާދަކުރެއްވިއްޔާ މިފްކޯގެ ވެސެލްތަކުން ވެސް ކޫއްޑޫގައި ފެލިވަރުގައި އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ.” ރައީސް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ވަގުތު
އެކި ސަރަހައްދުތަަކަށް ކަނޑައަޅާފައިވާ ޕްލޭންގެ ތެރެއިން ވެސް ބަދަލު ގެނެސް އިސްކަން ދޭންޖެހޭ ތަންތަށް ވިސްނައިގެން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ގޮތް އަވަސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ކުރެވޭތޯ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
