
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ކ. ގާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ސިނާއަތް ކަަމަށެވެ. ދިވެހިންނަށް ވީތީ ދިވެހިން ކަމުގެ އެންމެ ފަހުރުވެރި ސިނާއަތަކީ ޒަމާނުއްސުރެ، މަސްވެރިކަން ކަމަށެވެ. އެހެންކަމުން އެ ސިނާއަތް ކުރިއެރުމަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިންގެ އަޑު އަހައިގެން ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ދަނީ ކުރަމުން ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އަޅުގަނޑުމެންނާއި ހަވާލުވިއިރު މަސްވެރި ސިނާއަތް އޮތީ ވަރަށް ހާލުގައި. 250 އެއްހާ މިލިއަންގެ ބެކްލޮގްގައި އޮތް. އެ ފައިސާ ވެސް ދީ މިއަދާއި ހަމައަށް އައިއިރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ތެލުގެ ސަބްސިޑީގެ އަގާއިއެކުގައި ހިމަނައިގެން ލަހުން ވިޔަސް ދީފައިވަނީ. އެކަމު އެއީއެއްނޫން އަޅުގަނޑުގެ ވައުދަކީ. އަޅުގަނޑު ވައުދުވީ 48 ގަޑިިއިރުގެ ތެރޭގައި ފައިސާ ދިނުމަށް. ނަމަވެސް އަޅުގަނޑުމެންނަށް ހަވާލުވިއިރު އޮތް ގޮތުން ވެރިކަން ފެށިގެން ދެވަނަ ދުވަހު އެކަން ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވި. މާނައަކީ ވަގުތުތަކެއް ނަގައޭ އެ ހިސާބަށް ދާން. ފުރަތަމަ މަސައްކަތް ކުރީ މިފްކޯ ރިފޯމްކުރުމުގެ މަސައްކަތް. ވަރަށް ގިނަ މަސައްކަތް ކުރަން އަދި ކުރަން ޖެހޭ. އެކަލަ ބައިވަރު ކަންކަން ކުރުމާއިއެކުގައި މަސްވެރިކަމުގެ ސިނާއަތް ހަމަޔަކަށް އެޅުމަށް ވަރަށް ފަރުވާތެރިކަމާއިއެކު މިއަދާއި ހަމައަށް އައީ. އެއީ ހަގީގަތުގައި މިއަދާއި ހަމައަށް އައިއިރު ފައިސާ ދެވުނު ނަމަވެސް އެ ވައުދު ފުށްދުމުގެ އަމަލީ މަސައްކަތް ނުފެށި އޮތް ސަބަބަކީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިމާވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. އެހެން ނަމަވެސް އެ އިންޑަސްޓްރީ ނަގާ ކޮޅަށް ޖަހައި ފުޅާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަދުގެ ހާލަތަށް ބަލާއިރު އެންމެ ފަހުން މިދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަންޖެހޭ 38 މިލިއަން ރުފިޔާ ޕެންޑިންގައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އެ ފައިސާ މަސްވެރިންގެ އޮޑިވެރިންނަށް ޖަމާކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ބީއެމްއެލްގައި އެކައުންޓްހުރި 190 މީހަކަށް 32.7 މިލިއަން ރުފިޔާ އާއި އެމްއައިބީގައި އެކައުންޓް ހުރި 20 މީހަކަސް 5.6 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބެކްލޮގް އެ ނިމުނީ ކަމަށާއި ދެން ބެކް ލޮގެއް ނާންނާނެ ކަމަށެވެ. “ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖްމެންޓެއް ހަދާފައި. އެގްރީމެންޓެއް ހަދާފައި. އެއީ ފިނޭންސް މިނިސްޓްރީއާ، ފިޝަރީޒް މިނިސްޓްރީއާއި ބީއެމްއެލްއާއި. ތިން ބައި މީހުންގެ އެގްރީމެންޓްއެއްގައި ވާނީ ސޮއިކޮށް އިންތިޒާމްތަކެއް ހަމަޖައްސާފައި. އެ އިންތިޒާމްތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯނިން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް ހަމަޖެހިގެން ދިއުން.” ރައީސް ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން މަސްވެރިންނަށްވީ ވައުދު ފުށްދިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބީއެމްއެލްގައި އެކައުންޓް އޮތް މަސް ދޯންޏެއް ކަމަށްވާނަމަ އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި އެ ދޯނީ އެކައިންޓަށް ފައިސާ ޖަމާވާނެ ކަމަށެވެ. ދެން ހޯދަންޖެހޭނީ އެމްއައިބީ އެކައުންޓް އޮތް ދޯނިތަކަށް ފައިސާ ދިނުމުގައި ގޮތެއް ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
