
ގައުމީ އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްގީއަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ފަހި މުސްތަގްބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ނޭޝަނަލް އެސެސާ ޓްރެއިނިންގް ޕްލޭން ލޯންޗުކުރުމަށް، މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ވަޒީރު ވިދާޅުވީ މިއަދު ތައާރަފުކުރި ގައުމީ އެސެސަރުން ތަމްރީނުކުރުމުގެ ޕްލޭނަކީ ހަމައެކަނި ލިޔުމެއް ނޫންކަމަށެވެ. އެ ޕްލޭނަކީ ހާއްސަކޮށް މިހާރު ރަޖިސްޓްރީވެފައިވާ އެސެސަރުންނަށާއި އަދި ކުރިމަގުގައި މި ޓީމުގެ ސަފުތަކާ ގުޅޭނެ ފަރާތްތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕްލޭނެއްކަމަށެވެ. އަދި އެ ޕްލޭނުން ސީދާ އަމާޒުކުރަނީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަށްކަމަށެވެ. އެއީ އެކި ދާއިރާތަކުގައި ހުނަރުތައް އިމްތިހާނުކޮށް، ވަޒަންކޮށް، އަދި ސަނަދު ދެވޭނެ ފެންވަރު ރަނގަޅު އެސެސަރުން ހޯދައި ތަރައްގީކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި މަސައްކަތަކީ ހަމައެކަނި އިދާރީ އިޖުރާއަތެއް ނޫން. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދުރުވިސްނުމާއި، އަޅުގަނޑުމެންގެ ސަރުކާރުން ހުނަރުވެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާއެއް. އަޅުގަނޑުމެންގެ ގައުމީ އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްގީއަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ ފަހި މުސްތަގްބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް.”ވަޒީރު މާރިޔާ ވިދާޅުވިއެވެ.
އަމާޒަށް ވާސިލް ވުމަށްޓަކައި މިހާރުވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިކަމަށާއި އެގޮތުން މިވަގުތު އެމްއެންއެސްޑީއޭގައި 201 ގައުމީ އެސެސަރުން ރަޖިސްޓްރީވެފައިވާއިރު، މިއީ އެކި ދާއިރާތައް ތަމްސީލުކުރާ އަދި ގައުމުގެ ތައުލީމީ ނިޒާމަށް ތަޖުރިބާއާއި ހުނަރު ގެނެސްދޭ ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެސެސްމަންޓް އޮނިގަނޑުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، ފުރިހަމަ ތަމްރީނު މެނުއަލެއް އެކުލަވާލައި، އަދި 29 ޓްރެއިނިން އޮފް ޓްރެއިނަރުން ތަމްރީނުކުރުމަށް އިންވެސްޓްކޮށްފައިވާކަމެއް ކަމަށެވެ. އެ ޓްރެއިނަރުންނަކީ ދެމެހެއްޓެނިވި ހުނަރު ތަރައްގީކުރުމުގެ ސްޓްރެޓެޖީގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމަށް ވިދާޅުވިއެވެ.
އެ ޕްލޭނަކީ ރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރީން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
