
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި އއ. މަތިވެރި އެއާޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށާއި ކ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ރަށަށް ބޭނުންވާ ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ސްކޫލަށް ޖާގަ އިތުރު ކުރުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ވެސް ފުރިހަމަ ކުރަން ޖެހޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެކެވެ. އެހެންވެ، މި އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓު މަޝްރޫއުތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވިދާޅުވިއެވެ.
“ސަބަބަކީ ރިސޯޓުތައް ވެސް އެބަހުރި، އަދި ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ. އެހެންވެ، އަޅުގަނޑުމެން ބޭނުން ވަނީ އަދި ކަނެކްޓިވިޓީއަށް ބަލާއިރުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ބޭނުންވާ ސިޔާސަތުގެ ތެރެއިން މި ސަރަހައްދުގައި އަޅަން ޖެހޭނެ އެއާޕޯޓު،” ރައީސް ވިދާޅުވިއެވެ.
އއ. އަތޮޅަކީ އެއާޕޯޓު ނޯންނަ މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާ އަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެއާޕޯޓާ އެކީގައި އިގްތިސާދީ ނަފާ ވެސް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން މަސައްކަތްކޮށް އެއާޕޯޓުގެ ކޮންސެޕްޓް ވީހާވެސް އަވަހަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން މަތިވެރީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އަންނަ އަހަރު ފައްޓަވާނެ ކަމަށާއި މިސްކިތެއް އަޅައި ހެލްތު ސެންޓަރުގެ ހިދުމަތްތައް ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
