
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހި ރައްޔިތުންނަށް ލިބެމުން އަންނަ ސަބްސިޑީ، އާސަންދަ ރިޓަޔަމަންޓް ޕެންޝަން ފަދަ އެއްވެސް އެއްޗެއް ނުކަނޑާ މަސައްކަތްޕުޅު ކުރައްވާނީ އެއަށް ވުރެ ރަނގަޅު އެއްޗެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އއ. މަތިވެރި ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ އެއްވެސް އެއްޗެއް އުނިނުކޮށް ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް ދިނުމަށް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެގޮތުން މި އަންނަ އަހަރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަތައް ބޮޑުވެގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު ދެން ހުރި ހުރިހާ ދާއިރާތަކެއްގެ މުސާރަތައް ބޮޑުވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ފައިސާ ޗާޕް ނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ގައުމަށް އިގްތިސާދީ ގޮތުން ތަރައްގީ ގެނެސްދެމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށް ދިއުން އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ މި ގެންދަނީ. އެއްވެސް ސަބްސިޑީއެއް، މިހާރު ލިބެމުންދާ އެއްވެސް ކަމެއް އުންޏެއް ނުވާނެ. އޭގެ ބަދަލުގައި ބޭކާރު ވަމުންދާ، ނާޖައިޒު ގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލައި އުނިކުރަމުންދާނީ،” ރައީސް ވިދާޅުވިއެވެ.
އެއް މިސާލުގެ ގޮތުގައި ރައީސް ނެންގެވީ ބޭހުގެ ވިޔަފާރި ކުރާ އެތައް ބަޔަކު އާސަންދައިގެ ތެރެއިން އެތައް އިންސައްތައެއްގެ ފައިދާ ނަގާފައި އަގު ބޮޑުކޮށް ބޭސް ވިއްކުމެވެ. އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ އިރު، އެއީކީ ރައްޔިތުންނަށް އުނދަގުލެއްވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ލިބެމުން އަންނަ އެއްވެސް އާސަންދައެއް އުންޏެއް ނުވާނެ ކަމުގެ ޔަގީން ރައީސް ޑރ. މުއިއްޒު ދެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ތިޔަބޭފުޅުންނަށް ވެސް ފާހަގަވާނެ ކަން ނޭނގޭ، ކުޑަކުޑަ 12 ފޫޓު، 13 ފޫޓު ތަންކޮޅެއްގައި ބޭސް ފިހާރައެއް ހުޅުވާލާ މީހާ، އިސާހިތަކު މަސް ދޯނި އެބަ ގަނެލާ، ނޫނީ ބޮޑެތި ގޭގެ ހަދާ ތަން ފެންނާނެ. އެ ވާ ގޮތަކީ ބައެއް ބޭސް އެބަ ވިއްކާ، އާސަންދަ އިން %1،000 އަށް ވުރެ ބޮޑު ޕްރޮފިޓެއް ލާފައި. މި ހުރިހާ ތަފްސީލެއް އެބަހުރި. އެންމެ ގިނަ އިން ވިއްކޭ 250 ބޭހަށް ބެލިޔަސް މިކަން އޮތީ މިހެން،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވި ގޮތުގައި، އާސަންދަ ރިފޯމް ކުރަނީ، މިކަހަލަ ކަންކަން ހުއްޓުވުމުގެ ބޭނުމުގައެވެ. އެކަން ކުރާ އިރު، އާންމު ރައްޔިތުންނަށް ލިބޭ އެއްވެސް އެއްޗެއް އުނި ނުވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ އަތުން އެއްޗެއް އުނި ނުކޮށް، އެ ރައްޔިތުންގެ އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ހޯދުމެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
