
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި އއ. މަތިވެރި އެއާޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށާއި ކ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ރަށަށް ބޭނުންވާ ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ސްކޫލަށް ޖާގަ އިތުރު ކުރުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ވެސް ފުރިހަމަ ކުރަން ޖެހޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެކެވެ. އެހެންވެ، މި އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓު މަޝްރޫއުތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވިދާޅުވިއެވެ.
“ސަބަބަކީ ރިސޯޓުތައް ވެސް އެބަހުރި، އަދި ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ. އެހެންވެ، އަޅުގަނޑުމެން ބޭނުން ވަނީ އަދި ކަނެކްޓިވިޓީއަށް ބަލާއިރުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ބޭނުންވާ ސިޔާސަތުގެ ތެރެއިން މި ސަރަހައްދުގައި އަޅަން ޖެހޭނެ އެއާޕޯޓު،” ރައީސް ވިދާޅުވިއެވެ.
އއ. އަތޮޅަކީ އެއާޕޯޓު ނޯންނަ މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާ އަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެއާޕޯޓާ އެކީގައި އިގްތިސާދީ ނަފާ ވެސް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން މަސައްކަތްކޮށް އެއާޕޯޓުގެ ކޮންސެޕްޓް ވީހާވެސް އަވަހަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން މަތިވެރީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އަންނަ އަހަރު ފައްޓަވާނެ ކަމަށާއި މިސްކިތެއް އަޅައި ހެލްތު ސެންޓަރުގެ ހިދުމަތްތައް ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
