Read Time:1 Minute, 59 Second

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް މީޑިއާ)

 

 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކާއެކު މި ދާއިރާއިން ދިމާވާ މައްސަލަތަކަށް ޒަމާނީ އަދި ވަށައިޖެހޭ ހައްލެއް ލިބިގެންދާނެއެވެ. މި އިސްލާހުގެ ދަށުން، ޚާއްސަ ހާލަތްތަކުގައި ފިޔަވައި އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ކަމުގައި ކަނޑައަޅައި، އެ މުއްދަތު ހަމަވުމުން ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. މީގެއިތުރުން، އުޅަނދުތައް އިންޝުއަރ ނުކޮށް ދުއްވުން މަނާކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތައް 1000 އާއި 3000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އެއް ފަރާތެއްގެ ނަމުގައި 2 އުޅަނދަށްވުރެ އިތުރަށް ރަޖިސްޓްރީކުރާނަމަ ‘މަލްޓިޕަލް އޯނާޝިޕް ފީ’ އެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްސަކޮށް މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކާއި، ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ޚާއްސަ ފަންޑެއް އެކުލަވާލުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %