Read Time:2 Minute, 15 Second

(ފޮޓޯ ކްރެޑިޓްސް: އެމްއެމްއޭ)

 

 

ދިވެހިރާއްޖޭގެ ރަސްމީ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް، އެތެރޭގެ މުޢާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، އެކަން ހައްލުކޮށް ރުފިޔާގެ ދައުރު ފުޅާކުރުމަށް ސަރުކާރުންނާއި އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ މުޅި ނިޒާމު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށްޓަކައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

 

 

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް ވެފައި، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ރަސްމީ ބޭންކިންގ ނިޒާމަށް ނުވަންނާތީ ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގުބޮޑުވުމުގެ ތަކުލީފު ރައްޔިތުންނަށް އުފުލަންޖެހެއެވެ. މިކަމަށް އޮތް ހައްލަކީ އެތެރޭގެ މުޢާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރުން މަދުކޮށް، ޑޮލަރަށް އޮންނަ ޑިމާންޑް ދަށްކުރުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ޓެކްސް ދެއްކުން ފަދަ ކަންކަމުގައި ދިވެހި ރުފިޔާއަށް އިސްކަންދީ، މާލީ ނިޒާމަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަންޖެހެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %