Read Time:2 Minute, 6 Second

 

 

ދިވެހިންނަށް ޚާއްޞަ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 28 ކުންފުންޏެއް، ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އިޤްތިޞާދީ ވުޒާރާއިން ވަނީ އުވާލާފައެވެ. މި ބަދަލު ގެނެސްފައިވަނީ 2024 ވަނަ އަހަރު ތަސްދީޤުކުރި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ކަނޑައެޅި އައު ޝަރުތުތަކާ އެއްގޮތަށެވެ.

 

 

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ޤާބިލުކަން ހުރި ދާއިރާތައް ދިވެހިންނަށް ޚާއްޞަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކަށް ފުރުޞަތު ހުޅުވާލުމެވެ. އެގޮތުން ހޯލްސޭލް އަދި ރީޓެއިލް، ލޮޖިސްޓިކްސް، ކަނޑުދަތުރުފަތުރު އަދި ކަނޑައެޅޭ ވަކި އަދަދަކަށްވުރެ ކުދި ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް މަޝްރޫޢުތައް ފަދަ ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުން ވަނީ ހަނިކޮށްފައެވެ. އަދި މިހާރު މި ދާއިރާތަކުގައި ތިބި ފަރާތްތަކަށް ގެއްލުން ނުވާނެހެން އެހެން ދާއިރާތަކަށް ބަދަލުވުމަށް މުއްދަތެއް ދެވިފައިވާއިރު، ބައެއް ދާއިރާތަކުގައި ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %