Read Time:2 Minute, 15 Second

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް މީޑިއާ)

 

 

ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަލަށް އަމަލުކުރަން ފެށި “އެއްގަމު ދަތުރުފަތުރުގެ ޤާނޫނު” ގެ ދަށުން ނުރައްކާތެރިކޮށް ދުއްވުމާއި، ގަވާއިދާ ޚިލާފަށް ދުއްވާ އަދި ޕާކުކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަރުވާކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ ބޮޑު ޖޫރިމަނާއަކާއެކު ޖިނާއީ ދައުވާކުރުމާއި ލައިސަންސް ބާތިލުކުރުން ހިމެނެއެވެ. މީގެއިތުރުން ލައިސަންސް ނެތި ނުވަތަ ރަޖިސްޓްރީނުކޮށް އަދި ބާރު ދުވެލީގައި ދުއްވުމާއި، ޓްރެފިކް ނިޝާންތަކަށް ނުބެލުމާއި، ގަވާއިދާ ޚިލާފަށް ޕާކުކުރުން ފަދަ ކަންކަމަށް ތަކުރާރުވާ ވަރަކަށް ބޮޑުވާ ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސުން ޑީމެރިޓް ޕޮއިންޓް އުނިކޮށް ތަމްރީނު ހަދަން ޖެހުމާއި، ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ އުޅަނދު ބޫޓުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އުޅަނދު ދުއްވި މީހާ ނޭނގޭ ހާލަތްތަކުގައި އެކަމުގެ ޒިންމާ އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭނެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %